ބޭބީ ކެއާރ ފެސިލިޓީސް ރަސްފަންނުގެ އެހެން ދިމާލަކަށް

ކިޔުމަށް ހޭދަވާނީ 1މ 9ސ
ބޭބީ ކެއާރ ފެސިލިޓީސް ރަސްފަންނުގެ އެހެން ދިމާލަކަށް
މިރޭ ހުޅުވުނު ރަސްފަންނުގެ ޕެވީލިއަންގައި ގާއިމް ކުރަން ނިންމާފައިވާ ބޭބީ ކެއާރ ފެސިލިޓީތައް ރަސްފަންނުގެ އެހެން ސަރަހައްދެއްގައި ގާއިމް ކުރާނެ ކަމަށް ހައުސިން މިނިސްތަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕެވީލިއަންގައި މިރޭ ހުޅުވުނު ގްލޯރިއާ ޖީންސް ކޮފީ އައުޓްލެޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ވިދާލުވީ ޕެވީލިއަންގެ ކޮންސެޕްޓާއި ކޮންޓްރެކްޓްގައި ރަސްފަންނުގައި މޫދަށް އެރި އުޅޭ އާއިލާތަކަށާއި ކުޑަކުދިންނަށް ބޭނުންވާ ޚިދުމަތްތަކަށް ބޭނުންވާ ޖާގައެއް ހެދުމަށް ރާވާފައި އޮންނާނެ ކަމަށެވެ. އަދި އޭގެ ތެރޭގައި ބޭބީކެއާ ރޫމްތަކާއި ފާޚާނަ ބަރިތަކާއި ޝަވަރުތައް ވެސް ހިމެނޭނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

"މި ޑިވެލޮޕްމަންޓުގެ ތެރޭގައި އެމްޑަބްލިއުއެސްސީ އިން އެއްބަސްވެފައިވާފަދަ ފެސިލިޓީއެއް ގާއިމްކޮށްދޭން ޖެހޭނެ ނިމިގެންދާއިރު، ނަމަވެސް އިންޓަނޭޝަނަލް ފްރެންޗައިޒްތައް ގެންނަން ބޭނުންވާއިރު އެ ފްރެންޗައިޒްތަކުގެ މިންގަނޑަށް އިމާރާތް ބައްޓަން ކުރާ ކަމަށްވަންޏާ މިދެންނެވި ކަންކަން މިތާގެ ތެރޭގައި ހިމަނައިގެން ނިންމަންޏާ ކުދިކުދި މައްސަލަތައް އެބޭފުޅުންގެ ސްޓޭންޑަޑަށް ގެންދިޔުމުގައި ދިމާވޭ" ހައުސިން މިނިސްޓަރ ޑރ. މުއިއްޒި ވިދާޅުވިއެވެ.

މިއަދު އޮންލައިން