ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ހައްޔަރު ކޮށްފައި ބެހެއްޓުން ޕާލަމެންޓޭރިއަންސް ފޮ ގްލޯބަލް އެކްޝަންސް (ޕީޖީއޭ) އިން ކުށްވެރި ކޮށްފިއެވެ.
ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭ މާލޭގައި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގެ ތެރެއިން މަހުލޫފް ހައްޔަރު ކޮށްފައިވާއިރު، އޭނާގެ ބަންދަށް މިދިޔަ މަހުގެ 17 ގައި 13 ދުވަސް ޖެހިއެވެ. އެމުއްދަތު ހަމަވުމުން މިދިޔަ ހުކުރު ދުވަހު ކްރިމިނަލް ކޯޓުން ވަނީ މަހުލޫފް ގެ ބަންދުގެ މުއްދަތަށް އިތުރު ފަސް ދުވަސް ޖަހާފައެވެ.
ޕީޖީއޭ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕީޖީއޭގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މަހްލޫފަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވީތީ ދޭން ޖެހޭ އިންސާނީ ހައްގުތައް ނިގުޅައިގަންނަމުންދާ ކަމަށާއި މަހްލޫފާއު ދެކޮޅަށް އެކި ކޫށްތަކުގެ ސިޔާސީ ދައުވާތަކެއް ވެސް ކުރަމުން އަންނަ ކަމަށެވެ.
ދުނިޔޭގެ 142 ޤައުމެއްގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ މެމްބަރުން ހިމެނޭ ޕީޖީއޭ އިން މީގެކުރިން ވަނީ ޤާނޫނު އަސާސީއަށް އިޚްތިރާން ނުކޮށް، ރައްޔިތުންގެ މަޖިލިސް މިނިވަންކަމާއެކު މަސައްކަތް ނުކުރާތީ އާއި ސަރުކާރުން އިންސާނީ ޙައްޤުތައް ނިގުޅައިގަންނަމުންދާތީ އެކަމާވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.