ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޙްލޫފު ގެ ޝަރީއަތް ނިމެންދެން ގޭ ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.
މަހުލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު މާފުށީ ޖަލު ކައިރީގައި މުޒާހަރާ ކުރި މައްސަލައިގާ ޓެރަރިޒަމްގެ ޢަމަލެއް ހިންގި ކަމުގެ ދައުވާއެވެ.
އެތުހުމަތާއި ގުޅޭގޮތުން މަޙުލޫފުގެ ވަކީލު ނާޒިމް ސައްތާރު ވިދާޅުވެފައިވަނީ އެމައްސަލައިގާ ހަމައެކަނި މަހުލޫފް ގެ މައްޗަށް ދައުވާ ކޮށްފައިވާތީ ސުވާލު އުފެދޭ ކަމަށެވެ.
އެމްޕީ މަޙުލޫފް މިއަދު ގޭބަންދަށް ބަންދުކޮށްފައިވާއިރު، ކުރިން އެމަނިކުފާނު ބަންދުކޮށްފައިހުރީ މުޒާހަރާތަކުގައި ބޭނުން ކުރަން މުޒާހަރާގައި ބައިވެރިވި ފަރާތްތަކަށް މާސްކު ބެހި މައްސަލާގައި ފުލުހުންގެ ދައުރު އަދާ ކުރަން ހުރަސް އެޅި ކަމަށް ބުނެއެވެ.