ހަތަރު މީހުންނާއެކު މުދާ އުފުލައިގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ފަރަށް އަރައިފި

ކިޔުމަށް ހޭދަވާނީ 51ސ
ހަތަރު މީހުންނާއެކު މުދާ އުފުލައިގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ފަރަށް އަރައިފި
ހަތަރު މީހުންނާއެކު، ކ.މާލެއިން މުދާ ބަރުކޮށްގެން ބ.އަތޮޅަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ 'މަސް ނަނު' ނަމަކަށް ކިޔާ ދޯންޏެއް ކ.ޒިޔާރަތްފުށ އިރުދެކުނު ފަރާތު ފަރަށް އަރައިގެން އެމްއެންޑީއެފަށް މިއަދު ހެނދުނު 11:01 ހާއިރު ރިޕޯޓްކުރުމުން އެމްއެންޑީއެފް ކޯސްޓްގާޑްއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އާޒިމް މައުލޫމާތު ދެއްވި ގޮތުގައި، ރޭ ފަތިހު 5:15 ހާއިރު މި ހާދިސާ ހިނގާފައިވާކަމަށެވެ.

95 ފޫޓުގެ މި ދޯނި ފަރަށް އެރިއިރު ދޯނީގައި ހަތަރު މީހުން ތިބިކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ ތިން ބިދޭސީންނާއި ދިވެއްސެކެވެ. އަދި ދޯނީގައި ގިނަ އަދަދަކަށް ހިލައާއި ހިލަވެލި ހުރިކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ދޯނީގެ ވެރިފަރާތުން އެހެން އުޅަނދެއްގެ އެހީތެރިކަމާއެކު ދޯނި ފުންކުރުމުގެ މަސައްކަތްކުރަމުންދާކަމަށާއި އެމްއެންޑީއެފް ކޯސްޓްގާޑް ޑައިވަރުންގެ ޓީމެއް އެ ސަރަހައްދަށް ދިޔުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.
މިއަދު އޮންލައިން