ސައުދީ އަރަބިއާގައި ތާސްކުޅުމުގެ މުބާރާތެއް ފަށައިފި!

ކިޔުމަށް ހޭދަވާނީ 2މ 10ސ
ސައުދީ އަރަބިއާގައި ތާސްކުޅުމުގެ މުބާރާތެއް ފަށައިފި!
ސައުދީ އަރަބިޔާ އޭ ބުނުމުން އެންމެ ކުރިންސުރެ ހިތައް އަރާފައިވަނީ، އެޤައުމުގައި ތިބޭނީ އިސްލާމްދީނަށް އެންމެ ބޯލަނބާ، އިސްލާމީ ހަމަތައް އެންމެ ބޮޑަށް ގެންގުޅޭ މީހުން ކަމަށެވެ.

އެޤައުމުގައި ތިބެނީ ޢަރަބީންނަށްވެފައި އެއީ ބައެއް ރަސޫލުންނާއި ނަބީން ވެސް އުފަންވެ ވަޑައިގެން ޤައުމުކަމުގައި އިސްލާމީ ތާރީޚުންވެސް ހާމަވުމުން، ސައުދީ އަރަބިޔާ އަކީ ވަރަށް ވެސް މާތް ޤައުމެއްގެ ގޮތުގައި އަބަދުވެސް ސިފަވެފައިވެއެވެ. އެޤައުމަކީ މާތް ނަބިއްޔާ މުޙައްމަދު (ޞޢޥ) ވެސް ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ޤައުމެވެ. އޭގެ އިތުރުން ހުރިހާ މުސްލިމުންގެ ގިބްލަ ކަމަށްވާ، މާތް ﷲ ސުބްޙާނަހޫ ވަޠައާލާ ގެ ގެފުޅު (ކައުބަތުﷲ ގެފުޅު) ވެސް ބިނާ ކުރެވިފައިވަނީ ސައުދީ އަރަބިޔާގައެވެ. އެހެންކަމުން އެޤައުމުގެ މާތްކަން އެންމެ މަތިވެރިވިއެވެ.



ނަމަވެސް އެމާތްކަން، ވެރިކަމާއި އާރާބާރާއި ފައިސާގެ އަވައިގާ ޖެހިގެން، ބަޔަކު ވަނީ ތަޤައްޔަރު ކުރަން ފަށާފައެވެ. މުޅި ދުނިޔޭގެ އެންމެ މުއްސަނދި ޤައުމަށްވީ ހިނދުވެސް އެމެރިކާގެ ގޮނޑިކޮއްކޮ އަކަށް ވެގެން، ސައުދީ އަރަބިއާގެ ބޮޑުންތައް ބަލަނީ އިސްލާމީ ސަގާފަތާއި ދުރުވެ، ދުނިޔެވީ ފާޙިޝް ކަންތައްތަކަށް އެޤައުމުގެ ރައްޔިތުން ހެއްލެވޭތޯއެވެ.

ސައުދީ އަރަބިއާ ހަލާކު ކުރުމުގައި އަތުކުރި އޮޅާލައިގެން އެންމެ އިސް ރޯލެއް އަދާކުރަނީ އެޤައުމުގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ކަމުގައި ގިނަ ބަޔަކު ދެކެއެވެ. އޭނާގެ ޔޫރަޕް ގޮތް ގަނޑުގެ ސަބަބުން ސައުދީގައި 35 އަހަރަށްފަހު ސިނަމާތައް ހުޅުވުމާއި ފިލްމު ކުޅުން އަނެއްކާވެސް ފަށާފައިވާއިރު، ދާދި ފަހުން އޭނާވަނީ އިސްރޭލުންނަށް ފަލަސްތީނުގެ ބިން ލިބެން ޖެހޭނެ ކަމަށް ވެސް ބުނެފައެވެ.

އޭގެފަހުން މިހާރު އެޤައުމުގައި މިވަނީ އަނެއްކާވެސް އަނެއް މުންކަރާތުގެ އަމަލު ކުރަން ފަށާފައެވެ. މާތް ﷲ ޙަރާމް ކުރައްވާފައިވާ ކަމެއްކަން ކަނޑައެޅިގެން އެނގިހުރެ ވެސް، މީގެ ދެދުވަސް ކުރިން ސައުދީ އަރަބިއާގެ ޖިއްދާ ގައި "ތާސް މުބާރާތެއް" ވަނީ ފަށާފައިވެއެވެ.



"ތާސް މުބާރާތެއް" ކަމުގައި ބުނެ މޮޅުވާ ބަޔަކަށް ގިނަ ފައިސާތަކެއް ދިނުމަށް ހަމަޖެހިފައިވާ ޖުވާކުޅުން ހުޅުވީ އެޤައުމުގައި އުޅޭ ބައެއް ދީނީ ޢިލްމުވެރިންނާއި ވެސް ވާހަކަ ދައްކާ، އެފަރާތްތަކުން "ހުއްދަ ދީގެން" ކަމަށް ވެސް މިކަން އިންތިޒާމްކުރި މީހުން ބުނެފައިވެއެވެ. މާތް ﷲ އެކަމެއް ޙަރާމް ކުރައްވާފައިވާއިރު، އެކަލާނގެ ހެއްދެވި މަޚްލޫގުންގެ ކިބައިން އެކަމަށް ހުއްދަ ހޯދަން ޖެހޭކަމަކަށް އެއްވެސް ފުރިހަމަ މުސްލިމަކު ޤަބޫލެއް ނުކުރާނެކަން ޔަގީނެވެ.

ސައުދީގެ ބައެއް މީޑިއާ ރިޕޯޓުތަކުން ބުނާގޮތުގައި މަސްޖިދުލް ނަބަވީގެ ކުރީގެ އިމާމެއް ކަމުގައިވާ ޝެއިޚް އާދިލް އަލް ކަލްބާނީ، ޖިއްދާގައި ހުޅުވި ތާސް މުބާރާތް އިފްތިތާހް ކުރުމުގެ ޚަފްލާގައި ބައިވެރިވެފައިވެއެވެ.
މިއަދު އޮންލައިން