ޔަމަނުގައި ހަނގުރާމަކުރަމުން ގެންދާ ހޫތީ ހަނގުރާމަވެރިން ފޮނުވާ މިސައިލްތައް ސައުދީ ތެޔޮ ކުންފުނި، އަރާމްކޯގެ މަރުކަޒުތަކަށް އަމާޒުކުރަން ފަށައިފިއެވެ.
މިގޮތުން މިއަދު ވަނީ 2 މިސައިލެއް އަލްޖަޒާންގަ ހުންނަ އަރާމްކޯގެ މަރުކަޒަކަށް ފޮނުވާލައިފައެވެ. ސައުދީ ހޯމް މިނިސްޓްރީން ބުނީ ދެ މިސައިލް ވެސް ވަނީ އަމާޒަށް ވާސިލުވުމުގެ ކުރިން ވައްޓާލެވިފައި ކަަމަށާއި ބައެއް ބައިތައް ވެއްޓިފައިވަނީ މީހުން ދިރިއުޅޭ ސަރަހައްދަކަށް ކަމަށެވެ. އަދި މިހައިތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު 2 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.
ހޫތީން ބުނެފައިވަނީ މިސައިލްތައް އަމާޒުކޮށްފައިވާނީ އަރާމްކޯއިން ތެޔޮ ބޭރުކުރާ ބަނދަރު ސަރަހައްދަކަށް ކަމަށެވެ. އަރާމްކޯއަކީ ދުވާލަކު 400،000 ފީފާ ތެޔޮ އުފައްދަމުން ގެންދާ ކުންފުންޏެކެވެ.