މަހްލޫފްގެ މައްސަލައިން ވަކީލު ނާޒިމް ސަސްޕެންޑު ކޮށްފި

ކިޔުމަށް ހޭދަވާނީ 57ސ
މަހްލޫފްގެ މައްސަލައިން ވަކީލު ނާޒިމް ސަސްޕެންޑު ކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޙްލޫފް ގެ މައްޗަށް ދައުލަތުން އުފުލާފައި އޮތް މައްސަލައަކުން ވަކީލު ނާޒިމް ސައްތާރު ކްރިމިނަލް ކޯޓުން ސަސްޕެންޑު ކޮށްފިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮށްކޯފުޅު ނާޒިމް، ކްރިމިނަލް ކޯޓުން ސަސްޕެންޑު ކޮށްފައިވަނީ އެމްޕީ މަހްލޫފްގެ މައްޗަށް އުފުލާފައިވާ "ހިނގާފައި ނުވާ ކަމެއް، ހިނގައިފި ކަމުގެ" މައުލޫމާތު ޤާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ދައިވާގެ ދިފާއީ ވަކީލު ކަމުންނެވެ.

ވަކީލު ނާޒިމް ސަސްޕެންޑު ކޮށްފައިވާކަން އަންގާ، ގާޒީ އަލީ އާދަމް ސޮއިކުރައްވާ ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައިވަނީ، އެމައްސަލައިގެ ޝަރީއަތަށްފަހު ނާޒިމް ކޮށްފައިވާ ޓްވީޓެއްގެ ސަބަބުން އާންމުންގެ މެދުގައި ނުރަނގަޅު ތަސައްވަރެއް އުފެދޭ ކަމަށެވެ. އަދި އެއީ އެމައްސަލައަށް ނުފޫޒު ފޯރުވައި ކޯޓުގެ ހުރުމަތް ގެއްލޭގޮތަށް ކޮށްފައިވާ ކަމެއް ކަމަށް ވެސް އެސިޓީގައި އަންގާފައިވެއެވެ.

މަހްލޫފުގެ އެމައްސަލައިގާ ވަކީލެއްގެ ގޮތުން މުޙައްމަދު ހައްސާނު ވެސް ވަކާލާތު ކުރައްވައެވެ.
މިއަދު އޮންލައިން