ސައުދީ އަރަބިއާގެ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެމީހާ މަރުވީ ރޭ ސައުދީ ގަޑިން 9:20 ކަން ހާއިރުއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޙަރަމްފުޅުގެ އެންމެ މަތީ ބުރިން ފުންމަލި އެމީހާއަކީ ޕާކިސްތާނުގެ ރައްޔިތެކެވެ.
އޭނާ ވެއްޓުމުގެ ސަބަބުން ބޯފަޅައިގެން ގޮސް ހަށިގަނޑުގެ ގުނަވަންތަށް ބިންދައިގެން ދިޔަކަމަށާއި ހަމަ އެވަގުތުން ވަގުތަށް އޭނާއަށް ސިއްޙީ އެހީތެރިކަން ފޯރުކޮށްދިން އިރުވެސް އޭނާވަނީ މަރުވެފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އޭނާގެ މަރާއިމެދު ގިނަ ބަޔަކު ފާޑުކީނަމަވެސް، މިދުނިޔެމަތީގެ އެންމެ މާތް ބިމަށް ގޮސް އަމިއްލައަށް މަރުވެދާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށާއި އެމީހާއަކީ ނަފްސާނީ ގޮތުން ބަލިކަށި މީހެއްތޯ ބެލުމުގެ ގޮތުން އޭނާއާއި ބެހޭ މައުލޫމާތު ހޯދާ މިހާދިސާ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ސައުދީ ފުލުހުން ބުނެފައިވެއެވެ.
www.youtube.com/watch?v=5yHEXX4ctU4