ތަރައްޤީ އަކީ ޖަލުތައް ހުސްކުރެވި ޤައުމުން ހައިހޫނުކަން ނެތުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ތަރައްޤީ އަކީ ޖަލުތައް ހުސްކުރެވި ޤައުމުން ހައިހޫނުކަން ނެތުން
ޤައުމަށް ތަރައްޤީ ގެނެވުމަކީ ކުށްކުރާ މީހުންގެ އަދަދު މަދުކުރެވި ޖަލުތައް ހުސްކުރެވި އަދި ރައްޔިތުންގެ އަސާސީ ބޭނުންތައް ފުދުމާއިއެކު ހައިހޫނުކަން ނައްތައިލެވުން ކަމަށް ސައުދީ ބައެއް އިލްމުވެރިން ހާމަކުރައްވަމުން އެބަ ގެންދަވައެވެ.

އެބޭފުޅުން މިފަދަ މޭރުމަކުން ގެންދަވަނީ ސައުދިއަރަބިޔާގެ އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ލިބި ދުއްވަން ފެށުމާއި ގުޅިގެން އެއީ ޤައުމަށް ގެނެވުނު ތަރައްޤީއެއް ކަމަށް ސަރުކާރުން ބުނާބުނުމާއި ގުޅުވައިގެން ރައްދު ދިނުމުގެ ގޮތުންނެވެ.

"އެތައް ބައަކަށް ދަނީ އެކި ގޮތް ގޮތުން އަނިޔާލިބެމުން. ހިތާމައާއި ހިތްދަތިކަމުގައި އެތައް މިލިއަން ބައަކު އެބަތިބި. ހައިހޫނުކަމުގައިވެސް އެތައް މިލިއަން މީހުން ދަނީ ދިރިއުޅެމުން. ފަލަސްޠީނުގެ މައްސަލަވެސް ޙައްލުކުރެވުނީއެއް ނޫން. މުސްލިމުން އަޚުންތައް އެތަނީ ކޮންމެ ދުވަހަކު މަރުވަމުން. ޝަހީދުވަމުން."

"މިއީ ﷲ ތަޢާލާ އެންމެ ބޮޑު ޤްދްރަތީ މުއްސަނދިކަން ދެއްވަވާފައިވާ އެއް ޤައުމު. 30 މިލިއަން މުސްލިމުން އެބަތިބި. އިސްލާމީ އުންމަތުގެ ބެލެނިވެރިޔާ. އެކަމަކު ދުނިޔޭގައި ތިބި 1.8 ބިލިއަން މުސްލިމުންގެ ޙާލު ބެލެނީއެއް ނޫން."

ޢިލްމުވެރިން ވިދާޅުވެފައިވަނީ އަންހެނުންނަށް ކާރު ދުއްވަން ހުއުްދަދިނުމަކީ ސައުދިއަރަބިޔާގެ ތަރައްޤީ އާއި އެއްވެސް ވަރަކަށް ގުޅިފައިވާ ކަމެއް ނޫން ކަމަށާއި ޤައުމީ ތަރައްޤީއަށް ވާނީ ރައްޔިތުންނަށް އިތުރު ތަނަވަސްކަމެއް ހޯދައިދެވި ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރެވުމުން ކަމަށެވެ.

އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދިނުމާއިމެދު ސަރުކާރުން ދެކޭ ގޮތާއި ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތް ތަފާތެވެ.
މިއަދު އޮންލައިން