އިބޫގެ ވެރިކަމުގަ ސައުދީ-ރާއްޖޭގެ ގުޅުން މާބޮޑަށް ބަދަހިވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
އިބޫގެ ވެރިކަމުގަ ސައުދީ-ރާއްޖޭގެ ގުޅުން މާބޮޑަށް ބަދަހިވާނެ!
އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ)ގެ ވެރިކަމުގައި ސައުދިޢަރަބިޔާ އާއި ރާއްޖޭގެ ގުޅުން މިހާރަށްވުރެ މާބޮޑަށް ބަދަހިވެގެންދާނެ ކަމުގެ ޔަޤީންކަން ސަލްމާން ރަސްގެފާނު ދެއްވައިފިއެވެ.

ސަލްމާން ރަސްގެފާނު މިއަދު ވަނީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ)އަށް ގުޅުއްވައި އިބޫއަށް މަރުޙަބާ ވިދާޅުވެ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އިބޫ ވެސް ވަނީ ސައުދި ސަރުކާރާއި ޚާއްޞަކޮށް ސަލްމާން ރަސްގެފާނާއިއެކު ވަރަށް ގުޅުއްވަވަން ބޭނުންފުޅު ކަމާއި ސައުދީ ސަރުކާރާއި ސަލްމާން ރަސްގެފާނުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންފުޅުވާކަމަށްވެސް ވިދާޅުވެފައެވެ.

ސައުދީ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންވެސް ވަނީ އިބޫއަށް ގުޅުއްވައި ހަމަ މިމޭރުމުން ވާހަކަފުޅު ދައްކަވައިފައެވެ. މީގެ އިތުރުން ސަލްމާން ރަސްގެފާނު ވަނީ ސައުދީ ވަފުދެއް ފޮނުއްވައި ވެސް އިބޫ އަށް މަރުޙަބާ ވިދާޅުވެ އިބޫގެ ސަރުކާރަށް އެހީތެރިވެދެއްވާނެ ކަމުގެ ޔަޤީންކަން ވެސް ދެއްވައިފައެވެ.

ސައުދިއަރަބިޔާއިން ގެންދަނީ ރާއްޖެއަށް ތަފާތު ގޮތްގޮތުން އެހީތެރިވަމުންނެވެ. އެ އެހީތެރިކަން އިބޫގެ ސަރުކާރުގައި ސީދާ ރައްޔިތުންނަށް ލިބެން ފެށުމުން ރައްޔިތުންނަށާއި ރާއްޖެއަށް ލިބޭ މަންފާ އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ.
މިއަދު އޮންލައިން