ސިޔާސީ ބޭފުޅުން ހައްޔަރުކޮށްފައިވަނީ އެއްވެސް ކުށެއް ކޮށްގެން ނޫން: ޖަމީލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ސިޔާސީ ބޭފުޅުން ހައްޔަރުކޮށްފައިވަނީ އެއްވެސް ކުށެއް ކޮށްގެން ނޫން:  ޖަމީލް
ސިޔާސީ ބޭފުޅުން ހައްޔަރުކޮށްފައިވަނީ އެއްވެސް ކުށެއް ކޮށްގެން ނޫން ކަމަށާއި އެ ހުރިހާ ބޭފުޅުންނަށް ވެސް އިންސާފު ލިބިގެންދާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ވިދާޅުވެއްޖެއެވެ.

އިއްޔެ ރާއްޖެވަޑައިގެން މީޑިއާއަށް މައުލޫމާތުދެއްވަމުން ޖަމީލު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ވެރިކަން ނިމުމާއެކު އިންސާފުގެ ނިޒާމް މިނިވަން ވެފައިވާ ކަމަށާއި ދެން ކޮންމެ ރައްޔިތަކަށް ވެސް އިންސާފު ލިބޭނެ ކަމަށެވެ.

ޖަމީލު ވިދާޅުވި ގޮތުގައި ހައްގުތަކުގެ ގެރެންޓީއެއް ދިވެހި ރައްޔިތުން ބޭނުންވެ އެވެ. ހަމައެކަނި ލިޔުމެއް ރައްޔިތުން ބޭނުންނުވާ ކަމަށެވެ. ކުރިއަށް އޮތް ފަސް އަހަރަކީ ލިޔެވިފައިވާ ދުސްތޫރު އަމަލީ ގޮތުން ފެނިގެންދާނެ ދުވަސްތަކަކަށް ވާނެ ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.

މީގެ އިތުރަށް ޖަމީލު ވިދާޅުވީ އިސް ލީޑަރުންގެ ލަފަޔާއެކު، އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ޒައާމަތުގައި ކޯލިޝަން ދެމެހެއްޓޭނެ ކަމަށެވެ. ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ގާސިމް އިބްރާހިމާއި ރައީސް މުހައްމަދު ނަޝީދަކީ އެކަމުގައި ތަޖުރިބާ ހުންނެވި ބޭފުޅުން ކަމަށެވެ.

.
މިއަދު އޮންލައިން