އިންތިޙާބި ރައީސް ސޯލިހް އާއި ސީޕީ ހަމްދޫން ބައްދަލުކުރައްވައިފި!

ކިޔުމަށް ހޭދަވާނީ 1މ 13ސ
އިންތިޙާބި ރައީސް ސޯލިހް އާއި ސީޕީ ހަމްދޫން ބައްދަލުކުރައްވައިފި!
އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސް އަބްދުﷲ ޔާމީން އަލަށް އައްޔަން ކުރެއްވި ކޮމިޝަނަ އޮފް ޕޮލިސް (ސީޕީ) ހަމްދޫން ރަޝީދާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.

އެ ބައްދަލުވުން ބާއްވާފައިވަނީ މިއަދު 11 ޖެހި އިރު ފުލުހުންގެ ހެޑް ކުއާޓަރުގައެވެ.

އިބޫއާއެކު އެ ބައްދަލުވުމުގައި އިންތިހާބީ ނައިބް ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ އިތުރުން ކުރީގެ ކޮމިޝަނަ އޮފް ޕޮލިސް އަބްދުﷲ ރިޔާޒާއި ސިއްރު ފުލުހުންގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ

މިއީ ހަމްދޫން ކޮމިޝަނަރު ކަމަށް އައްޔަން ކުރި ފަހުން އިބޫ އޭނާއާ ބައްދަލު ކުރައްވި ފުރަތަމަ ފަހަރެވެ.

އިބޫ، އިންތިޚާބު ކާމިޔާބު ކުރެއްވި އިރު އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް ހުންނެވީ އަބްދުﷲ ނަވާޒެވެ. އިބޫ، އޭނާއާ ބައްދަލުކުރައްވާފައި ވަނިކޮށް، ނަވާޒު މަގާމުން ވަކިކުރައްވައި އެންވަޔަރްމެންޓް މިނިސްޓްރީިގެ ޑެޕިއުޓީ މިނިސްޓަރަކަށް ވަނީ ހަމަޖައްސަވައިފަ އެވެ.

ރައީސް ޔާމީނަށް ކުރިމަތިވެވަޑައިގަތް ނާކާމިޔާބީއާއެކު، ވެރިކަން ބަދަލު ކުރުމުގެ މަރުހަލާ ހިނގަމުން ދަނިކޮށް، އެ މަނިކުފާނު ބޭނުންފުޅުވާ ބޭފުޅަކު ޕޮލިސް ކޮމިޝަނަރަކަށް އައްޔަން ކުރެއްވުމުން އިބޫ ފާޑުވިދާޅުވި އެވެ. ދައުލަތުގެ މުއައްސަސާތަކަށް ބަދަލު ނުގެނައުމަށް ރައީސް ޔާމީންގެ ސަރުކާރަށް އެކިފަހަރު މަތިން ތަކުރާރުކޮށް އިލްތިމާސްކޮށްފައި ވަނިކޮށް، ބަދަލުތައް ގެނައުން ބަލައިނުގަނެވޭ ކަމަށް އިބޫ ވަނީ ވިދާޅުވެފަ އެވެ.
މިއަދު އޮންލައިން