ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެ އިންތިހާބީ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަހުމަދާއި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް މިއަދު ބައްދަލު ކުރައްވައިފިއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު ޑރ. ޖަމީލު ރާއއްޖެ ވަޑައިގެންނެވީ އިއްޔެ މެންދުރުފަހުއެވެ.
ކަފާލާތުގެ ދަށުން މިނިވަންވުމަށްފަހު ރައީސް މައުމޫން ގެންދަވަނީ އިދިކޮޅު އިއްތިހާދުގެ އިސް ބޭފުޅުންނާއި ބައްދަލު ކުރައްވާ، ކުރިއަށް އޮތް ދައުލަތް ހިންގުމުގެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވަމުންނެވެ. އެގޮތުން ރައީސް މައުމޫން ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހާއި ވެސް ބައްދަލު ކުރައްވާފައެވެ.
އޭގެއިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި ވެސް މިއަދު ރައީސް މައުމޫން ބައްދަލު ކުރައްވާފައިވެއެވެ.