ހުޅުމާލެއިން ގޯތި ދޫކުރުން މިވަގުތު މަޑުޖައްސާލަން އެންގުމުން ހައުސިންގ މިނިސްޓްރީގަ އޭސީސީ އާ ދެކޮޅަށް އަޑުއުފުލަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ހުޅުމާލެއިން ގޯތި ދޫކުރުން މިވަގުތު މަޑުޖައްސާލަން އެންގުމުން ހައުސިންގ މިނިސްޓްރީގަ އޭސީސީ އާ ދެކޮޅަށް އަޑުއުފުލަނީ
ހުޅުމާލެއިން ގޯތި ދޫކުރުން މިވަގުތު މަޑުޖައްސާލަން އޭސީސީ އން އެންގުމުން ހައުސިންގ މިނިސްޓްރީގެ ގޯތިތެރޭގައި އޭސީސީ އާއި ދެކޮޅަށް އަޑުއުފުލަމުން އެބަގެންދެއެވެ.

ހަވީރު 4.30 އިން ފެށިގެން ފޯމު ދޫކުރާނެކަން ހައުސިންގ މިނިސްޓަރު އިޢުލާނުކުރެއްވުމުން ފޯމު ނަގަން ގޮސްތިބި ބައެއް މީހުން ހައުސިންގ މިނިސްޓްރީގެ ގޯތިތެރޭގައި ތިބެ އަޑުގަދަކޮށް ގޮވަމުން ގެންދަނީ ގޯތި ދޫކުރުން ނުހުއްޓުވޭނެ ކަމަށާއި އޭސީސީގެ ރައީސް ޙަސަން ލުޠްފީ މަޤާމުން ދުރުކުރުމަށެވެ.

މިއީ ސަރުކާރުގެ މިނިސްޓްރީއެއްގައި ދައުލަތުގެ މިނިވަން މުއައްސަސާއަކާއި ދެކޮޅަށް ކުރިއަށް ގެންދަން ފުރުޞަތު ލިބުނު ފުރަތަމަ މުޒާހަރާކަން ފާހަގަކުރެއެވެ. މީގެ ކުރިން ބައެއް މިނިސްޓްރީތަކަށް އެއްވެ އަޑު އުފުލާފައިވަނީ އެ މުމުއައްސަސާއަކުން ކުރާ ކަންކަމާއި ދެކޮޅަށެވެ.
މިއަދު އޮންލައިން