ފިޔަވަތި އިމާރާތް މަރާމާތުކުރުމުގެ މަޝްރޫއު ނިންމައި ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ފިޔަވަތި އިމާރާތް މަރާމާތުކުރުމުގެ މަޝްރޫއު ނިންމައި ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފި

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތި އިމާރާތް މަރާމާތުކުރުމުގެ މަޝްރޫއު ނިމި އެތަން ހުޅުވުމުގެ ރަސްމިއްޔާތު ވަރޗުއަލްކޮށް މިއަދު ބާއްވައިފިއެވެ. މިމަޝްރޫއަށް ހަރަދުކުރެވުނީ އިންޑިއަން ގްރާންޓް އެސިސްޓެންސްގެ 106 މިލިއަން ރުުފިޔާގެ ދަށުން 1.9 މިލިއަން ރުފިޔާއެވެ.

މިރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ އިޖްތިމާއީ-އިގްތިސާދީ ގޮތުން ނާޒުކު ހާލަތުގައި ތިބޭ ކުޑަކުދިންނަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ސަރުކާރުގެ ޒިންމާއެއްކަމާއި، މި މަޝްރޫއަކީ އަކީ މިދެންނެވި ޒިންމާގެ ތެރެއިން ސަރުކާރުން ހިންގި މަޝްރޫއެއްކަމަށވެ.

މި މަޝްރޫޢުގެ ދަށުން އިމާރާތުގެ ސަލާމަތީ ކަންކަން ހަރުދަނާކުރެވި، އިމާރާތުގައި މިހާރު ބޭނުންކުރާ ފަރުނީޗަރު އާކުރެވި، ކުދިންގެ އާންމު ބޭނުންތަކަށް ބޭނުންކުރާނެ ޖާގަ ތައްޔާރުކުރެވުނެވެ. މި މަޝްރޫޢުގެ ސަބަބުން ފަޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެކުދިން ގަޔާވާ ހިތްފަސޭހަ މާހައުލެއް ޤާއިމުވެގެންދާނެއެވެ.

މި މަޝްރޫއު ހިންގުނީ ހިލޭ އެހީގެ ގޮތުގައި ދިވެހިރާއްޖެއަށް މާޗް 2019 ގައި ލިބިފައިވާ 6.9 މިލިއަން ޑޮލަރު (106 މިލިއަން ރުފިޔާ)ގެ އެހީގެދަށުންނެވެ. މި އެހީގެ ބޭނުމަކީ އިޖްތިމާއީ-އިގްތިސާދީ ކުރިއެރުންތަކަށް ދިވެހިރާއްޖޭގައި ހިންގޭ މަޝްރޫއުތަކަށް ހަރަދުކުރުން ކަމަށް ދިވެހި ޚާރިޖިއްޔާއިން ބުނެއެވެ.

މިއަދު އޮންލައިން