ގޭދޮށު މިސްކިތެއްގަ ނަމަވެސް ރައީސް މައުމޫނުގެ ފަހަތުގަ ނަމާދާ ހުކުރު ކުރަން ބޭނުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ގޭދޮށު މިސްކިތެއްގަ ނަމަވެސް ރައީސް މައުމޫނުގެ ފަހަތުގަ ނަމާދާ ހުކުރު ކުރަން ބޭނުން!

ގޭދޮށު މިސްކިތެއްގައި ނަމަވެސް ރައީސް މައުމޫން ޢަބްދުލަޤަޔޫމްގެ ފަހަތުގައި ފަރުޟު ނަމާދާއި ހުކުރުކުރަން ބޭނުންވާކަމަށް އެ ސަރަހައްދުގެ ބައެއް މީހުން ބުނެއެވެ. ކުރީގެ ނަމުންނަމަ ޒިޔާރަތް މިސްކިތާއި ފައިފުހޭ މިސްކިތަކީ (އަލިވާގެ ކައިރީ މިސްކިތަކީ) ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅާއި ވަރަށް ގާތުގައި ހުރި 2 މިސްކިތެވެ. 

"ރައީސް މައުމޫނަކީ ރާއްޖޭގަ ހުންނެވި އެންމެ ބޮޑު އެއް ޢިލްމުވެރިޔާ. ނަމާދުގެ ޙުކުމްތައް ވަރަށް މޮޅަށް ދެނެވަޑައިގަންނަވާ! އިސްލާމީ ތާރީޚަށް އެހައި މޮޅު! އެހެންވީމާ އަމިއްލަފުޅަށް ކިހައި މޮޅަށް ޚުޠުބާ ވިދާޅުވެވޭނެތޯ؟ އަދި ދީނުގެ ހުރިހާ ކަންކަމަށް ފޮތްތައް ވެސް ލިޔުއްވާ ބޭފުޅެއް! އަނެއްކާ ހަމައެހައިމެ ދޫފަރިތަ ބޭފުޅެއް!" 

"އަޅުގަނޑު އެންމެ ދެކެން ބޭނުންވަނީ ޤައުމުގައި ތިއްބެވި ރައީސް މައުމޫން ފަދަ ބޮޑެތި ޢިލްމުވެރިން އަޅުގަނޑުމެންނާއިގެން ނަމާދުކުރައްވާތަން. އެބޭފުޅޫންގެ ފަހަތުގަ ނަމާދުކުރަން ކިހައި ބޮޑަށް ހިތްހަމަޖެހޭނެތޯ؟ އެބޭފުޅުންނަށް ނޫންތޯ ނަމާދުކަންކަން އެންމެ ރަނގަޅަށް އެނގިވަދައިގަންނަވާނީވެސް! އަޅުގަނޑު ވަރަށް ބޭނުން ހުރިހާ ނަމާދުވެސް ރައީސް މައުމޫނުގެ ފަހަތުގަ ގޭދޮށު ދެމިސްކިތުންކުރެ މިސްކިތެއްގަ ކުރަން!" 

މިފަދަ ޝުޢޫރުތައް ދަނީ ފައުޅުކުރަމުންނެވެ. އެމީހުން ބުނާ ގޮތުން އެމީހުންގެ އުންމިދަކީ ރައީސް މައުމޫން މިސްކިތަށް ވަޑައިގެން އިމާމްވެ ނަމާދުކުރައްވަވައި ދެއްވަވާ ދުވަހެއް ފެނުމެވެ. 

އެ ސަރަހައްދުގެ ބައެއް މީހުން ބުނަނީ އެމީހުން ޒުވާންއިރު ފައިފުހޭ މިސްކިތުގެ ޖަމާޢަތުގައި ވަރަށް ގިނައިން މިހާރު އެމިސްކިތުގެ ނަންވެސް އެބޭފުޅަކަށް ނިޞްބަތްކޮށްފައިވާ ފަޟީލަތުއްޝައިޚް މުޙައްމަދު ޖަމީލް ދީދީ ނަމާދު ކުރެއްވިކަމަށެވެ.  

"އެއިރު ކަންކަން ވަރަށް ފަސޭހަ. ނަމާދު ނިންމަވާފަ ފައިބައިބައިވަޑައިގަންނަވާ ވަގުތު ސުވާލުކޮށްލީމަ ކަންކަން އޮޅުންފިލުވައިދެއްވާ! އެހެންވެ ވަރަށް ފަސޭހައިން ކަންކަން އެނގޭ. ގޭދޮށުގަ ޢިލްމުވެރިއަކު އުޅުއްވުމުގެ ފައިދާ ވަރަށް ބޮޑަށް ކުރި." ކަމަށްވެސް ބައެއް މީހުން ބުނެއެވެ.

މިއަދު އޮންލައިން