އުފަވެލި ޝޮޕްތަކުން ފިޔައާއި ރޯދައަށް ބޭނުންވާ ގިނަ ބާވަތްތަކެއް ބޮޑުތަނުން އަގުހެޔޮކޮށްފިއެވެ.
ފިޔާ ކިލޯއެއް 10 ރުފިޔާއަށް ވިއްކާއިރު ބަސްތާއެއް ވިއްކަނީ 180 ރުފިޔާއަށެވެ. އަލުވި 10 ކިލޯގެ ބަސްތާއެއް 70 ރުފިޔާއަށެވެ. ކުކުޅު ބިސްވެސް ކޭސް ދޫކުރަނީ 1.30 ގެ ރޭޓުންނެވެ. ކުކުޅު ކިލޯއެއް ވިއްކަނީ އެންމެ 26 ރުފިޔާއަށެވެ. ލޮނުމިދާއި އިނގުރު ފަދަ ބާވަތްތައްވެސް ގެންދަނީ ވަރަށް ހެޔޮ އަގުގައި ވިއްކަމުންނެވެ.

އޮރެންޖު 100 އާއި 113 ގެ ކޭސް 250 ވިއްކާއިރު ތަރުކާރީ އާއި މޭވާގެ ގިނަ ބާވަތްތައްވެސް ގެންދަނީ ވަރަށް ހެޔޮ އަގުތަކުގައި ވިއްކަމުންނެވެ.