ޑިޖިޓަލް ކޮމިއުނިކޭޝަން 101 ގެ ގޯލްޑް ޕާރޓްނަރެއްގެ ގޮތުގައި އޫރީދޫއިން ބައިވެރިވެއްޖެ!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 11ސ
ޑިޖިޓަލް ކޮމިއުނިކޭޝަން 101 ގެ ގޯލްޑް ޕާރޓްނަރެއްގެ ގޮތުގައި އޫރީދޫއިން ބައިވެރިވެއްޖެ!

ވިމެން އިން ޓެކް މޯލްޑިވްސް އިން "މާރސްޓަރ ކްލާސް: ޑިޖިޓަލް ކޮމިއުނިކޭޝަން 101" ގެ ނަމުގައި  ހިންގާ ޕްރޮގްރާމްގައި ގޯލްޑް ޕާރޓނަރެއްގެ ގޮތުގައި އޫރީދޫއިން ބައިވެރިވެއްޖެއެވެ.

ވިޔަފާރި ނުވަތަ ބްރޭންޑް ކުރިއަރުވަން ކޮންޓެންޓް ތައްޔާރުކޮށް ކަސްޓަމަރުންނާއި މުއާމަލާތުކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ މިޕްރޮގްރާމަކީ މީސްމީޑިއާ ބޭނުންކޮށްގެން ކަސްޓަމަރުންނާއި ފުރިހަމަ ގޮތެއްގައި މުޢާމަލާތު ކުރާނެ ގޮތްތައް ދަސްކޮށްދޭނެ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގައި ޓުވިޓަރ، އިންސްޓަރގްރާމް ފަދަ ޕްލެޓްފޯމްތަކުގައި ބޭނުންކުރާނެ ކޮންޓެންޓް ތައްޔާރުކުރުމާއި ކޮންޓެންޓް ކަސްޓަމަރުންނަށް އެންމެ ފުރިހަމަޔަށް ފޯރުކޮށްދޭނެގޮތް ކިޔައިދެވޭނެއެވެ. އޫރީދޫގެ ޕާރޓްނަރޝިޕްގެ ދަށުން 12 ސްޓާރޓްއަޕް ނުވަތަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މި ޕްރޮގްރާމްގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

އޫރީދޫއިން ބުނެފައި ވަނީ އޭޕްރިލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް 5 ސެޝަނަކަށް ބަހާލައިގެން ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި މެންޓަރިންގ ސަޕޯރޓުގެ ބައެއްވެސް ހިމެނޭނެކަމަށާއި ޕްރޮގްރާމް ކުރިއަށްދާއިރު ކޮންމެ މަޢުލޫއަކުން ކޮންޓެންޓް އުފެއްދުމުގެ ޕްރެކްޓިކަލް ހަރަކާތްތަކެއް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ބައިވެރިން ތައްޔާރުކުރާ ކޮންޓެންޓް އިތުރަށް ފުރިހަމަ ކުރުމަށް ވަކިވަކިން ބައިވެރިންނަށް އިރުޝާދު ވެސް ދެވޭނެ ކަމަށެވެ.

މިޕްރޮގްރާމް ފެސިލިޓޭޓް ކޮށްދެއްވާނީ empoweringbrands.co ގެ ޑިރެކްޓަރު އަދި ފައުންޑަރ، ވިނީތީ ސިންގ އެވެ. އެމްޕަވަރިންގ ބްރޭންޑްސް އަކީ ކޮމިޔުނިކޭޝަން އަދި ސޯޝަލް މީޑިއާ ސްޓްރެޓެޖީ އުފެއްދުމުގެ އެކި ޓްރެއިނިންގ ޕްރޮގްރާމްތައް ދުނިޔޭގެ  30 އަށް ވުރެ ގިނަ ގައުމެއްގައި ކުރިން ހިންގާފައިވާ ބައެކެވެ.

އެވްރެޖް ގޮތެއްގައި ކޮންމެ މީހަކު ދުވާލެއްގެ މައްޗަށް 2 ގަޑިއިރާއި 24 މިނިޓު އޮންލައިންކޮށް ހޭދަކުރެއެވެ. ގިނަ ކުންފުނިތަކުން މީސްމީޑިއާ މެދުވެރިކޮށް ތަކެއްޗާއި ޚިދުމަތް މާކެޓްކުރާއިރު، މިފަދަ ޕްރޮގްރާމަކުން އޮންލައިން ފަރާތްތަކަށް އިތުރު ފުރިހަމަކަމާއެކު މުއާމަލާތް ކުރާނެ ގޮތް ދަސްވެގެންދާނެއެވެ.

އޫރީދޫއިން ބުނެފައި އުރީދޫ އިން ސްޕޮންސަރކުރާ ހިލޭ ޓިކެޓް ހޯއްދެވުމަށް ލިންކު ބޭނުން ކުރައްވައިގެން ރަޖިސްޓަރީ ކުރެއްވުމަށާއި ކެޓަރގަރީއަށް ފެތޭ ފަރާތްތަކަށް ރަޖިސްޓަރ ކުރާ ތަރުތީބުން ފުރުސަތުދެވޭނެ ކަމަށެވެ.

Register: http://bit.ly/digitalcomgol

 

 

މިއަދު އޮންލައިން