އީ ކޮމަރސް ޕްލެޓްފޯރމް މޫލީއިން އެޕަލްގެ އެންމެ ފަހުގެ އައިޕެޑް ޕްރޯ، މެކްބުކް އެއަރ އަދި މެކްބުކް ޕްރޯ، އުރީދޫ އެޕް މެދުވެރިކޮށް ޕްރީ އޯޑަރއަށް ހުޅުވާލައިފިއެވެ.
އުރީދޫއިން ބުނެފައިވަނީ މޫލީ ޕްލެޓްފޯރމް މެދުވެރިކޮށް އެޕަލްގެ އެންމެ ފަހުގެ މި ޑިވައިސްތަކަށް ރައްކާތެރިކަމާއެކު ބީއެމްއެލް ނުވަތަ އެމްފައިސާ މެދުވެރިކޮށް އޮންލައިން ޕޭމަންޓް ދެއްކޭނެ ކަމަށާއި މީގެ އިތުރުން ރާއްޖޭގެ ކޮންމެހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރވެސް ކޮށްދޭނެ ކަމަށެވެ.
މޫލީ ޓީމުން ވިދާޅުވީ އައިޕެޑް ޕްރޯ، މެކްބުކް ޕްރޯ އަދި މެކްބުކް އެއަރ ޕްރީ އޯޑަރއަށް ނަންގަވާ ފަރާތްތަކަށް އޭޕްރިލް މަހުގެ މެދުތެރޭ ޑިވައިސްތައް ޑެލިވަރ ކުރެވިގެންދާނެކަމަށެވެ.
|
އަގު (ރފ.) |
ކެޕޭސިޓީ |
ޑިވައިސް |
|
22،299 |
256 ޖީބީ |
އައިޕެޑް ޕްރޯ 12.9" |
|
22،599 |
512 ޖީބީ |
މެކްބުކް އެއަރ 13" |
|
32،199.01 |
512 ޖީބީ |
މެކްބުކް ޕްރޯ 13" |
ފުޅާވަމުން އަންނަ އީ-ކޮމަރސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިންގ ތަޖުރިބާއެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓަރންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ޚިދުމަތްވެސް މޫލީއިން ފޯރުކޮށްދެއެވެ.
މި ޕްލެޓްފޯމްގެ ޚާއްޞަ އަނެއްކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއި އެކު ކުރިޔަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުޞަތު ފަހިވެ، ހިލޭ ވެއަރހައުސް ޚިދުމަތާއި ޑެލިވަރީ ޚިދުމަތް ލިބުމެވެ. މި ޚިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުޞަތުވަނީ ފަހިވެފައެވެ.
ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ޚިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީއިންވަނީ އެ ފުރުޞަތު ހުޅުވާލާފައެވެ. އިތުރު ފަރާތްތަކުން މޫލީ އާއި ގުޅެމުންދާއިރު، މި ޕްލެޓްފޯމް އޮތީ ކުރިޔަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިޔަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.