އުރީދޫ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ޑޭޓާ އައުވެގެންދާ އާޗާ ޕޯސްޓްޕެއިޑް ޕްލޭންތަކެއް އުރީދޫ މޯލްޑިވްސްއިން މިއަދު ތައާރަފްކޮށްފިއެވެ. މި އައު ޕްލޭންތައް މެދުވެރިކޮށް ކޮންމެ ދުވަހަކު 2ޖީބީ އިން ފެށިގެން 6ޖީބީ އާއި ހަމައަށް ޑޭޓާ އައުވެގެންދިއުމުގެ އިތުރުން އަންލިމިޓަޑް އުރީދޫ ކޯލްސް ލިބިގެންދާނެއެވެ.
އުރީދޫ މޯލްޑިވްސް ގެ އެކްޓިންގ ޗީފް ކޮމާރޝަލް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވީ، "ކަސްޓަމަރުންގެ ބަދަލުވަމުން އަންނަ ބޭނުންތަކާ އެއްގޮތަށް ޕްރޮޑަކްޓް ޕޯޓްފޯލިއޯއަށް ބަދަލު ގެނެސް އަޕްގްރޭޑް ކުރުމަކީ އަޅުގަނޑުމެން ދެކޭގޮތުގައި ވަރަށް މުހިންމުކަމެއް. އަޅުގަނޑުމެން އަަބަދުވެސް މަަސައްކަތްކުރަނީ ބޮޑެތި ފައިދާތަކެއް އެކުލަވައިލައިގެން ފެންވަރު ރަނގަޅު ޙިދުމަތްތަކެއް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް. އެގޮތުން ދާދި ފަހުން އަޅުގަނޑުމެން ތައާރަފްކުރި އާޗާ ޕްރިޕެއިޑް ޕޯޓްފޯލިއޯ އަށް ވަނީ ވަރަށް ބޮޑު މަގްބޫލުކަމެއްލިބިފަ. ހަމަ އެފަދައިން މިއަދު މި ލޯންޗްކުރެވުނު އާޗާ ޕޯސްޓްޕެއިޑް ޕްލޭންތަކާއެކު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ. އަންލިމިޓަޑް އުރީދޫ ކޯލްސްގެ އިތުރުން ކޮންމެ ދުވަހަކު ޑޭޓާ އައުވެގެން ދާދިއުމުން ކަސްޓަމަރުންނަށް ޑޭޓާ ބޭނުންކުރެވޭވަރު ފަސޭހައިން މެނޭޖްކުރެވި ހެޔޮ އަގެއްގައި ކޮންމެ ދުވަހަކުވެސް އިންޓަނެޓް ބޭނުންކުރުން ފަހިވެގެންދާނެ."
އުރީދޫ އަޗާ ޕޯސްޓްޕެއިޑް ޕްލޭންތަކާއި އެކު، ހެޔޮ އަގުތަކުގައި، މާކެޓުގެ އެންމެ ފުރިހަމަ ފައިދާތައް ލިބިގެންދެއެވެ.
އާޗާ ޕޯސްޓްޕެއިޑް ޕްލޭންސް
|
އާޗާ ޕޮސްޓްޕެއިޑް ޕްލޭންސް |
އަގު (ރުފިޔާ) |
ކޮންމެ މަހަކަށް ލިބޭ އެލަވަންސް |
ބޭނުންކުރެވޭ މުއްދަތު |
|
އާޗާ ޕޯސްޓްޕެއިޑް 600 |
600 |
60 ޖީބީ (ދުވާލަކު ރެގިއުލާ 1 ޖީބީ ޑޭޓާގެ އިތުރުން ސޯޝަލް މީޑިއާ އަށް 1ޖީބީ ޑޭޓާ) އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް އެހެންނެޓްވޯރކްތަކަށް 300 މިނެޓް |
30 ދުވަސް |
|
އާޗާ ޕޯސްޓްޕެއިޑް 800 |
800 |
120 ޖީބީ (ދުވާލަކު ރެގިއުލާ 2 ޖީބީ ޑޭޓާގެ އިތުރުން ސޯޝަލް މީޑިއާ އަށް 2ޖީބީ ޑޭޓާ) އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް އެހެންނެޓްވޯރކްތަކަށް 600 މިނެޓް |
30 ދުވަސް |
|
އާޗާ ޕޯސްޓްޕެއިޑް 1000 |
1000 |
180 ޖީބީ (ދުވާލަކު ރެގިއުލާ 3 ޖީބީ ޑޭޓާގެ އިތުރުން ސޯޝަލް މީޑިއާ އަށް 3ޖީބީ ޑޭޓާ) އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް އެހެންނެޓްވޯރކްތަކަށް 1000 މިނެޓް |
30 ދުވަސް |
އާޗާ ޕޯސްޓްޕެއިޑް ޕޯޓްފޯލިއޯގެ ދަށުން، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް24 ގަޑިއިރަށް، ހަފްތާއަކަށް ނުވަތަ މުޅި މަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު 1ޖީބީ ޑޭޓާ ލިބޭ އާޗާ ޕޯސްޓްޕެއިޑް އެޑްއޯންސްވެސް އެކްޓިވޭޓްކޮށްލެވޭނެއެވެ.
އާޗާ ޕޯސްޓްޕެއިޑް އެޑްއޯންސް
|
އާޗާ ޕޮސްޓްޕެއިޑް އެޑްއޯންސް |
އަގު (ރުފިޔާ) |
ކޮންމެ މަހަކަށް ލިބޭ އެލަވަންސް |
ބޭނުންކުރެވޭ މުއްދަތު |
|
އާޗާ ޕޯސްޓްޕެއިޑް އެޑްއޯން 50 |
50 |
ދުވާލަކު 1 ޖީބީ ޑޭޓާ |
24 ގަޑިއިރު |
|
އާޗާ ޕޯސްޓްޕެއިޑް އެޑްއޯން 150 |
150 |
ދުވާލަކު 1 ޖީބީ ޑޭޓާ |
7 ދުވަސް |
|
އާޗާ ޕޯސްޓްޕެއިޑް އެޑްއޯން 500 |
500 |
ދުވާލަކު 1 ޖީބީ ޑޭޓާ |
30 ދުވަސް |
އުރީދޫ ކަސްޓަމަރުން އަދި އައު ކަސްޓަމަރުން އާޗާ ޕޯސްޓްޕެއިޑް ނެންގެވުމަށް އުރީދޫ ޝޮޕް ޒިޔާރަތް ކުރައްވައިގެން އެކްޓިވޭޓްކޮށްލެވޭނެއެވެ.
އާޗާ ޕޯސްޓްޕެއިޑްއާއި ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ooredoo.mv ޒިޔާރާތްކޮށްލައްވާ.