ގިނަބައެއްގެ އެދުމުގެމަތިން އުފަންވެލި ފިހާރަތަކުން އިތުރު 2 ދުވަހަށް ފިޔާ، ކެރެޓް ކިލޯއެއް 5 ރުފިޔާއަށް ވިއްކާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ގިނަބައެއްގެ އެދުމުގެމަތިން އުފަންވެލި ފިހާރަތަކުން އިތުރު 2 ދުވަހަށް ފިޔާ، ކެރެޓް ކިލޯއެއް 5 ރުފިޔާއަށް ވިއްކާނެ!

ރައްޔިތުންނަށް ވީހައި ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދޭން އުފަންވެލި ޝޮޕްތަކުން ކެރެޓް އަދި ފިޔާ ކިލޯއެއް މިއަދު 5 ރުފިޔާއަށް ވިއްކަން ހަމަޖެއްސި ނަމަވެސް ގިނަ އަދަދެއްގެ ކަސްޓަމަރުންގެ އެދުމުގެ މަތިންނާއި ގިނަބައަކު ޖަމާވެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ކެރެޓް އަދި ފިޔާ މިއަދުގެ އިތުރުން ހޯމަ އަދި އަނގާރަ ދުވަހުވެސް 5 ރުފިޔާއަށް ވިއްކާން ނިންމައިފިއެވެ. 

އުފަންވެލި ޝޮޕުން ބުނީ 2 ދުވަސް އިތުރުކުރީ ކަސްޓަމަރުންގެ ޞިއްޙަތަށް ވަރަށް ބޮޑަށް ބަލަން ބޭނުންވާތީ ކަމަށެވެ. "ވަރަށް ގިނަ ކަސްޓަމަރުން ގުޅާފަ އެބަ ބުނޭ އެންމެ ދުވަހަކަށް ހެޔޮ އަގުގަ ވިއްކީމަ ފިހާރަ ތިއޮތީ ތޮއްޖެހިފައޭ! ވީމާ އަޅުގަނޑުމެން ނިންމީ ކުރިއަށް އޮތް 2 ދުވަހުވެސް ހެޔޮ އަގުގަ ވިއްކަން. އެއިރުން ކަސްޓަމަރުންނަށް ފަސޭހަކަމާއިއެކު ގަނެލެވޭނެ، ފިތިގެން ތިބެން ނުޖެހި!" 

މިދެބާވަތުގެ އިތުރުންވެސް ތާޒާ ތަރުކާރީ އާއި މޭވާގެ ވަރަށްގިނަ ބާވަތްތައް އުފަންވެލި ޝޮޕްތަކުން ގެންދަނީ ވަރަށް ހެޔޮ އަގުގައި ވިއްކަމުންނެވެ. އަދި ރާއްޖެތެރޭގެ ފިހާރަތަކަށް ފޮނުވައިވެސް ދެއެވެ. އުފުލާ އުޅަނދު އޮތްތަން އަންގައިލުމުން އުޅަނދަށް ހިލޭ ޑެލިވަރ ކޮށްދެއެވެ.

މިއަދު އޮންލައިން