އުފަންވެލި ޝޮޕްތަކުން ހަމައެކަނި މިއަދަށް އެއްް ކިލޯ ތިންސަތޭކަ ގްރާމްގެ ބޮޑު ކުކުޅެއް އެންމެ ތިރީސް ރުފިޔާއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
އުފަންވެލި ޝޮޕްތަކުން ހަމައެކަނި މިއަދަށް އެއްް ކިލޯ ތިންސަތޭކަ ގްރާމްގެ ބޮޑު ކުކުޅެއް އެންމެ ތިރީސް ރުފިޔާއަށް!

ކަސްޓަމަރުންނަށް ވީހައި ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދޭން އުފަންވެލި ޝޮޕްތަކުން ހިންގާ ޙަރަކާތްތަކުގެ ތެރެއިން މިއަދު 1.3 ކިލޯގެ ކުކުޅެއް ވިއްކާނީ އެންމެ 30 ރުފިޔާއަށެވެ. "ހުކުރު ދުވަހަކީ ގިނަގެތަކެއްގަ ކުކުޅު ކައްކާ ދުވަހެއް! އެހެންވެ ޚާއްޞަ ހަދިޔާއަގެއްގަ މިވިއްކަނީ!" 

އުފަންވެލި ޝޮޕްތަކުން ތާޒާ މޭވާ އާއި ތަރުކާރީގެ ބާވަތްތަކާއި، ކުކުޅުގެ ތަފާތު ބާވަތްތަކާއި އިނގުރު، ފިޔާ، އަލުވި، ލޮނުމިދު ފަދަ ތަފާތު ބާވަތްތައްވެސް ގެންދަނީ ވަރަށް ހެޔޮ އަގުގައި ވިއްކަމުންނެވެ. 

މިހަފްތާގައި 3 ދުވަސްވަންދެން ކެރެޓާއި ފިޔާވަނީ ކިލޯއެއް އެންމެ 5 ރުފިޔާއަށް ވިއްކައިފައެވެ. އުފަންވެލި ޝޮޕްތަކުން ބުނެފައިވަނީ ކަސްޓަމަރުންނަށް ފައިދާކުރާނެ މިފަދަ ޙަރަކާތްތައް އަދިވެސް އިތުރަށް ހިންގަމުން ގެންދާނެކަމަށެވެ.

މިއަދު އޮންލައިން