އުރީދޫ މޯލްޑިވްސްއިން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޑޭޓާ ރޯލް އޯވަރ ގެ ޚިދުމަތް ތައާރަފްކޮށްފިއެވެ.
މި ޚިދުމަތާއި އެކު 600 އާއި މަތީގެ ޕްލޭންސްތައް ގެންގުޅުއްވާ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ މަންތްލީ ޑޭޓާ އެލަވަންސް އިން މަސްނިމޭއިރު ބޭނުން ނުކޮށް ހުންނަ ޑޭޓާ އަނެއް މަހުގެ ޑޭޓާ އެލަވަންސްއާއި އެކު އެއްވެގެންދާނެއެވެ.
އުރީދޫއިން މިގެނައި ބަދަލާއި އެކު، އޭޕްރިލް 2021އިން ފެށިގެން އެކު ޕޯސްޓްޕެއިޑް އަދި ވަރަށް ތަފާތު ޕޯސްޓްޕެއިޑްގެ 600 އާއި މަތީގެ ޕްލޭންތަކަށް މި ޙިދުމަތްލިބިގެންދާނެއެވެ. ޑޭޓާ ރޯލް އޯވަރގެ ޙިދުމަތާ އެކު 200ޖީބީ އާއި ހަމައަށް ޑޭޓާ އަނެއްމަހުގެ ޕެކޭޖް އެލަވަންސް އަށް އެއްކުރެވެއެވެ. މިގޮތުން ސޯޝަލް މީޑިއާ އަށް ހާއްސަ ޑޭޓާ އާއި އެޑް އޯންސް ގެ ގޮތުގައި ނަންގަވާފައވާ ޑޭޓާ ފިޔަވައި، މުޅި މަހުގެ ޑޭޓާ އެލަވަންސް ވެސް ރޯލް އޯވަރގެ ހިދުމަތް މެދުވެރިކޮށް، ކުރިއަށް އޮތް މަހަށް އިތުރު ކުރެވޭނެއެވެ.
· 600 އަދ 800 ގެ ޕޯސްޓްޕެއިޑް ޕްލޭންތަކަށް އެންމެ ގިނަވެގެން ޑޭޓާ ރޯލް އޯވަރ ވާ އަދަދަކީ 30 ޖީބީ އެވެ.
· 1000 އާއި މަތީގެ ޕޯސްޓޕެއިޑް ޕްލޭންތަކަށް އެންމެ ގިނަވެގެން ޑޭޓާ ރޯލް އޯވަރ ވާ އަދަދަކީ 200 ޖީބީ އެވެ.
އުރީދޫ މޯލްޑިވްސް އެކްޓިންގް ޗީފް ކޮމާރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވީ "އުރީދޫ މޯލްޑިވްސް އަކީ އަބަދުވެސް ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ ބޭނުންތަކާއި އެއްގޮތަށް ޕްރޮޑަކްޓްތަކާއި ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އިސްކަމެއްދީގެން މަސައްކަތްކުރާ ކުންފުންޏެއް. އެގޮތުގެ މަތިން މިއަދު މި ލޯންޗް ކުރެވުނު ޑޭޓާ ރޯލް އޯވަރ ގެ ޚިދުމަތާއިއެކީ ބޮޑެތި ޑޭޓާ އެލަވަންސް ލިބޭ ޕޯސްޓްޕެއިޑް ޕްލޭންސް ގެންގުޅުއްވާ ކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުންނުކުރެވި ހުރި ޑޭޓާ، އިތުރު އަގަކާނުލާ ދެން އަންނަ މަހުގެ މަންތްލީ އެލަވަންސްއަށް އެއްވެގެންދާނެ. ކަސްޓަމަރުންގެ މިފަދަ ބޭނުންތައް ފުއްދާދީ، އިންޓަނެޓްގެ ތަޖުރިބާ އިތުރު ފުރިހަމަކަމާއެކު ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް." ކަމަށެވެ.
އުރީދޫ މޯލްޑިވްސްއިން ހެޔޮ އަގެއްގައި އެންމެ ފުރިހަމަކަމާއި އެކު އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ދާދި ފަހުން ވަނީ އެއް ފަހަރު ރީޗާރޖްކޮށްގެން ދިގު މުއްދަތަށް ބޭނުންކުރެވޭ ގޮތަށް އާޗާ ޕްރިޕެއިޑްގެ ނަމުގައި ރާއްޖެއަށް މުޅިން އައު ޕްރިޕެއިޑް ޕްލޭންތަކެއްވެސް ތައާރަފްކޮށްފައެވެ. މުޅި ދުނިޔެ ކުރިމަތިލަމުން އަންނަ ޕެންޑެމިކްއާއި ގުޅިގެން މުވާސަލާތީ ގުޅުމުގެ މުހިންމުކަން އިތުރުވެ، އިންޓަނެޓް ބޭނުންކުރާވަރުވެސް ބޮޑުތަން އިތުރުވެފައިވުމާއެކު އުރީދޫއިންވަނީ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތަކަށް 5ގުނަ އިތުރު ސްޕީޑާއެކު %68 އާއި ހަމައަށް އިތުރު ޑޭޓާ ލިބޭ ގޮތަށް ސުޕަނެޓް ޕްލޭންތައްވެސް އަޕްގްރޭޑްކޮށްފައެވެ.
އުރީދޫ މޯލްޑިވްސްއިން ފެށުނީއްސުރެވެސް މަސައްކަތްކުރަމުންދަނީ ދުނިޔޭގެ ފެންވަރުގެ އީޖާދީ ޚިދުމަތްތައް ރާއްޖެއަށް ތައާރަފްކޮށް، އިތުރު ފުރުސަތުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނާއި ގުޅުވާލަދިނުމަށެވެ. ފުރިހަމަ ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމަށާއި ހެޔޮ އަގުގައި ފެންވަރު ރަނގަޅު އިންޓަނެޓްގެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި ކުރިއައްއޮތްތަނުގައިވެސް ދެމި ތިބޭނެކަމުގެ ޔަގީންކަން އުރީދޫއިން އަރުވައެވެ.