ނެޓްވޯކް އަޕްގްރޭޑު ކުރާތީ ފިކްސްޑް ބްރޮޑްބޭންޑް ހިދުމަތަށް ބުރޫ އަރާފާނެ: ދިރާގު

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 42ސ
ނެޓްވޯކް އަޕްގްރޭޑު ކުރާތީ ފިކްސްޑް ބްރޮޑްބޭންޑް ހިދުމަތަށް ބުރޫ އަރާފާނެ: ދިރާގު

ނެޓްވޯކް އަޕްގްރޭޑު ކުރުމުގެ މަސައްކަތެއް މެއި އެކެއްވާ ހޮނިހިރު ދުވަހު ކުރާތީ ފިކްސްޑް ބްރޮޑްބޭންޑް ހިދުމަތަށް ބުރޫ އަރާފާނެ ކަމަށް ދިރާގުން ބުނެފިއެވެ.

މިކަމާގުޅިގެން ދިރާގުން ބުނީ އެ ކުންފުނީގެ ފިކްސްޑް ބްރޮޑްބޭންޑް ނެޓްވޯކް އަޕްގްރޭޑު ކުރުމުގެ މަސައްކަތެއް އެ ދުވަހުގެ މެންދަމު 12 އިން ހެނދުނު ހަތަކަަށް ކުރިއަށް ގެންދަން ނިންމާފަައިވާ ކަމަށާއި އެ ވަގުތުގެ ތެރޭގައި 10 މިނެޓާ 30 މިނެޓާ ދެމެދުގެ ވަގުތުކޮޅަކަށް ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމަށެވެ.

މަސައްކަތުގެ ތެރޭ އިތުރު މައްސަލައެއް ކުރިމަތިވެއްޖެ ނަމަ އެކަން ކަސްޓަމަރުންނަށް އަންގަމުންދާނެ ކަމަށާއި އަދި މަސައްކަތް ކުރާ ވަގުތު ރާވާފައިވަނީ ކަސްޓަމަރުންނަށް ދޭ ހިދުމަތަށް ބުރޫ ނާރާނެހެން ކަމަށްވެސް ދިރާގުން ވަނީ ބުނެފައެވެ. 

މިއަދު އޮންލައިން