މިސްކިތްތަކަށް އަރާ މީހުން ނަމާދަށް ތިބޭއިރު ފޮޓޯ ނަގާ މީހެއް ފުލުހުންނާ ޙަވާލުކޮށްފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
މިސްކިތްތަކަށް އަރާ މީހުން ނަމާދަށް ތިބޭއިރު ފޮޓޯ ނަގާ މީހެއް ފުލުހުންނާ ޙަވާލުކޮށްފި!

މިސްކިތްތަކަށް އަރައި މީހުން ނަމާދަށްތިބޭއިރު އެމީހުންގެ ފޮޓޯނަގާ މީހަކު ފުލުހުންނާއި ޙަވާލުކޮށްފިއެވެ. 

ވިޔަފާރިވެރިންގެ މިސްކިތުގައި މިއަދުގެ ޢަޞްރުނަމާދަށް ތިބި މީހުން ފޮޓޯނެގި މީހަކީ ކާކުކަން ވަނީ އެނގިފައެވެ. ނަމަވެސް އޭނާގެ އަތުގައި ފޮޓޯނެގުން ހުއްދަވާ މީޑިއާ ކާޑެއް ފަދަ އެއްޗެއް އޮތްކަން އަދި އެނގިފައެއް ނުވެއެވެ. 

ފުލުހުންވަނީ ޢާންމުން އޭނާ އާއި އެވަގުތު ސުވާލުނުކުރަން އެދިފައެވެ. މިސްކިތުގެ އަހުލުވެރިން ޤަބޫލުކުރީ މިއީ ފިތުނައެއް އުފައްދަން ކުރި ނުވަތަ ކުރުވި ކަމެއް ކަމަށެވެ. 

ޙާލަތުގެ ނާޖާއިޒު ފައިދާ ތަފާތު ގޮތްގޮތަށް ނަގާމީހުންނާއި އިދާރާތައް ގިނަވަމުންދާކަން ފާހަގަކުރެވެއެވެ. 

މިއަދުނޫހަށްވަނީ ފޮޓޯ ނެގި މީހާގެ ފޮޓޯ ލިބިފައެވެ. އިތުރު މައުލޫމާތު އޮޅުންފިލުވަން މިގެންދަނީ މަސައްކަތްކުރަމުންނެވެ.

މިއަދު އޮންލައިން