ކޯވިޑް 19 ހުއްޓުވުމަކަށް ގެނައުމަށް ކުރެވޭ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުންނާއި، ކަސްޓަމަރުން އަދި މުވައްޒަފުންގެ ރައްކާތެރިކަން މިވަގުތު ގާއިމުކުރުމަށް އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރ ކެއަރ ޙިދުމަތް ދޭ އުރީދޫ އެކްސްޕީރިއެންސް ސެންޓަރުތައް ބަންދުކޮށް ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް ޙިދުމަތްތައް ހޯދުމަށް އެކުންފުނިން އިލްތިމާސްކޮށްފިއެވެ.
އުރީދޫ އެޕް އަދި ޑިޖިޓަލް ސެންޓަރުތައް މެދުވެރިކޮށް އުރީދޫ ޙިދުމަތްތައް މެދުކެނޑުމެއްނެތި 24 ގަޑިއިރު އޮންލައިންކޮށް ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާނެކަން އެކުންފުނިންވަނީ ބުނެފައެވެ.
އުރީދޫ އެޕް މެދުވެރިކޮށް ފޯރުކޮށްދެވޭ ޙިދުމަތްތައް:
· ޕްރިޕެއިޑް ރިޗާޖްކުރުން
· އުރީދޫ ބިލް އަދި ޔުޓިލިޓީ ބިލްތައް ދެއްކުން
· އޮންލައިންކޮށް ޝޮޕްކޮށް ރާއްޖޭގެ ކޮންމެ ހިސާބަކަށް ޑެލިވެރީގެ ހިދުމަތް މުޅިން ހިލޭ
· އެމް-ފައިސާ މެދުވެރިކޮށް އާއިލާ އާއި ރައްޓެހިންނަށް ފައިސާ ފޮނުވުން
· 24 ކަސްޓަމަރ ސަރވިސްގެ ޙިދުމަތް ލިބުން
· ޕޯސްޓްޕެއިޑް އަދި ސުޕަރނެޓް ޕްލޭން އަޕްގްރޭޑް ކުރުން
އުރީދޫ އެޕްގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރެވިފައިވާ އުރީދޫ ޑިޖިޓަލް ސެންޓަރުތައް މެދުވެރިކޮށްވެސް ޙިދުމަތްތައް ލިބިގެންދާނެއެވެ.
މީގެ ތެރެއިން:
· ބިލްތައް ދެއްކުން
· ރީޗާޖް ކުރުން
· އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރުން\
އުރީދޫ ޑިޖިޓަލް ސެންޓަރުތައް ރާއްޖޭގެ ގިނަ ހިސާބުތަކެއްގައި މިހާރު ގާއިމް ކުރެވިފައިވެއެވެ. މީގެ ތެރޭގައި:
1. އުރީދޫ ޑިޖިޓަލް ސެންޓަރ
ބޮޑުތަކުރުފާނު މަގު
މާލެ،
2. އުރީދޫ އެކްސްޕީރިއަންސް ސެންޓަރ
5-6 ނިރޮޅު މަގު
ހުޅުމާލެ.
3. އުރީދޫ އެކްސްޕީރިއަންސް ސެންޓަރ
ފެންފުވައް މަގު، މަދަދު
ޏ. ފުވައްމުލައް
4. އުރީދޫ އެކްސްޕީރިއަންސް ސެންޓަރ
އަމީނީ މަގު
ހދ. ކުޅުދުފުށި
5. އުރީދޫ އެކްސްޕީރިއަންސް ސެންޓަރ
ލިނކް ރޯޑް، ރީޖަނަލް ހޮސްޕިޓަލް ކުރިމަތި
ލ. ގަން
6. އުރީދޫ އެކްސްޕީރިއަންސް ސެންޓަރ
ޝަމްސުއްދީން ބޮޑުފަޑިވާރު، ތަކުރުފާނު މަގު
ސ. ހިތަދޫ
7. އުރީދޫ އެކްސްޕީރިއަންސް ސެންޓަރ
ރަންނަބަނޑޭރި މަގު
ގދ. ތިނަދޫ
އުރީދޫ އެޕް އަދި ޑިޖިޓަލް ސެންޓަރުތައް މެދުވެރިކޮށް ލިބެންނެތް ޙިދުމަތަކަށް އެދިލެއްވުމަށް [email protected] އަށް މެއިލްކޮށްލަދެވާށެވެ.