ކޯވިޑް 19 އިން ރައްކާވެތިބުމަށާއި ބަލި ފެތުރުން ހުއްޓުވުމަށްކުރެވެމުންދާ މަސައްކަތްކަތާއެކު ޢީދު ފަދަ ހާއްސަ ދުވަސް ތަކުގައި ޒާމާންވީ އާދަކާދަތަކަށްވެސް މިވަނީ ބަދަލުތަކެއް އައިސްފައެވެ.
އާއިލާ އާއި ރަށްޓެހިން އަދި އަވައްޓެރިންނަށް ޒިޔާރާތްކޮށް ހެދުމަށް އުޒުރުވެރިވެ ގޭގައި މަޑުކުރަންޖެހިފައެވެ.
މި ދަނޑިވަޅުގައި، ދިމާވެފައިވާ ގޮންޖެހުންތަކާއެކު ގޭގައި ތިބެގެން އުފާވެރި، ކުލަގަދަ ޢީދެއް ފާހަގަ ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން މިއަހަރުވެސް ޑިޖިޓަލް މިއުސިކް ޝޯ، އުރީދޫ ޢީދު ޝޯ 2021 ބާއްވަން ހަމަޖައްސައިފިއެވެ.
އުރީދޫ ޢީދު ޝޯ ގައި ރާއްޖޭގެ މަޝްހޫރު އަދި ކުޅަދާނަ ފަންނުވެރިންތަކެށް ފެނިގެންދާނެއެވެ. އޭގެ ތެރެއިން ޒަކިއްޓެ، ޝަންމޫނު، ހަބޭސް ފިއުޝަން އަދި ޑަންޑޫރަ ހިމެނެއެވެ.
އުރީދޫ ޢީދު ޝޯ ބޭއްވުމަށް ހަމަ ޖެހިފައިވަނީ 24 މޭ، ރޭގަނޑު 9 އެއް ޖަހާއިރު އުރީދޫ މޯލްޑިވްސްގެ ޔޫޓިއުބް ޗެނަލްގައެވެ. އުރީދޫ މޯލްޑިވްސްއިން އިން، ގޭގައިތިއްބަވައިގެން މި ކުލަގަދަ ޢީދު ޝޯގައި ބައިވެރިވުމަށް އެންމެހާ ބޭފުޅުންނަށް ވަނީ ދައުވަތު އަރުވާފައެވެ.
ޝޯ ބާއްވަން ހަމަޖެހިފަވާ ގަޑީގައި އުރީދޫ މޯލްޑިވްސް ގެ ސޯޝަލް މީޑިއާ މެދުވެރުކޮށް ނުވަތަ މި ލިންކް: ore.do/eidshow މެދުވެރިކޮށްވެސް ޝޯ ބަލާލެވޭނެއެވެ.