މިއަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި ދިރާގުން ވަރަށް ޚާއްސަ ސޯޝަލް މީޑިއާ ކޮންޓެސްޓެއް ތައާރަފުކޮށްފިއެވެ. އެގޮތުން، މި ކޮންޓެސްގައި ބައިވެރި ވުމަށް އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓުވިޓަރ ގައި #EidMomentsMv މި ހޭޝްޓެގް ބޭނުން ކޮށްގެން ޢީދުގެ މަންޒަރުތަކުގެ ފޮޓޯ ނުވަތަ ވީޑިއޯޝެއަރ ކޮށްލާށެވެ.
މި ކޮންޓެސްގައި ބައިވެރިވާ ފަރާތްތަކުގެތެރެއިން 5 ނަސީބުވެރި ފަރާތެއް ހޮވަން ދިރާގުން ވަނީ ނިންމާފައެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ނަސީބުވެރި ފަރާތައް ސެމްސަންގް ގެލެކްސީ އެސް 21+ ފޯނެއް ދިނުމަށް ވަނީ ހަމަޖައްސާފައިއެވެ. އަދި ދެން ހޮވޭ 4 ފަރާތައް މުސްހަފަކާއެކު ތަސްބީހައަކާއި ރީތި މުސައްލަ އެއް ދިނުމަށް ވަނީ ހަމަޖައްސާފައިއެވެ.
މި ކޮންޓެސްގައި ބައިވެރި ވެވޭނީ 13 މޭ 2021 އިން 16 މޭ 2021 ގެ 23:59 ގެ ނިޔަލަށެވެ.
މިއަހަރުގެ ޢީދުވެސް ގޭގައި ތިބެގެން ރައްކާތެރިކަމާއެކު ފާހަގަކުރަން ޖެހުނު ކަމުގައި ވިޔަސް، ޢީދުގެ އުފަލާ މަޖަލުގައި އެންމެހާ ދިވެހިންވެސް ޝާމިލު ވާނެ ކަމަށް އުންމީދު ކުރާކަމަށް ދިރާގުން ވަނީ ބުނެފަައެވެ.
ދިރާގުން ބުނެފައިވަނީ ކޮވިޑް19 ގެ ހާލަތު ދުވަހުން ދުވަހަށް ބަދަލުވަމުން ދާ މި ދަނޑިވަޅުގައި އެންމެ ބޮޑު އިސްކަމެއް ދެނީ މި ދަނޑިވަޅުގައި ކަސްޓަމަރުންނާއި މުޖުތަމައަށް ޑިޖިޓަލް ޚިދުމަތްތަކުން އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުން ކަމަށާއި އަދި މި ދަތި ދުވަސްތަކުން ވީހާވެސް އަވަހަށް އަރައިގަނެ، ރައްކާތެރި، އުފާވެރި ދުވަސްތަކެއް ދިވެހިންނަށް މިންވަރު ކުރެއްވުމަށް ކަމަށެވެ.
އެންމެހާ ދިވެހިންނަށް އުފާވެރި ފިޠުރު ޢީދު ދުވަހަކަށް ދިރާގުން ވަނީ އެދިފައެވެ.