ދައުލަތުގެ ބަންޑާރައ ނައިބްު އެކުލަވާލައްވާފައިވާ ނަފްރަތު އުފެއްދުން ކުށެއްކަމަށް ކަނޑައެޅުމުގެ ބިލާއިމެދު ގިނަ ބައަކު ބުނަނީ އެ ބިލް ވާންޖެހޭނީ މަޖިލީހުގައި ދައްކާ ވާހަކަތަކަށް ވެސް އިންޞާފު ހޯދޭނެ ބިލަކަށް ކަމަށެވެ.
- މަޖިލީހުގަ މެންބަރުން ދައްކާ ވާހަކަތައް ވަގުތުން ރައްޔިތުންނަށް ފޯރާ! އެކަމުގެ އަސަރު މުޅި މުޖުތަމައުއަށް ކުރޭ!
- އިސްލާމް ދީނަކު ނެތް ވަކި ތަނެއްގައި ވަކި ބައަކު ދައްކާ ވާހަކައަކަށް ކުށްވެރި ނުވާނެ ކަމަކަށް ޢަޛާބު ނުދެއްވަވާނެ ކަމަށް. އަދި ވަކިތަނެއްގާ ވަކި ބައަކު ބޭނުންހާ ވާހަކައެއް ދެއްކުން ހުއްދަކުރައްވާފައެއްވެސް ނެތް.
- މަޖިލީހުގެ ބައެއް މެންބަރުން ޖަލްސާތަކުގަ އިސްލާމް ދީނުގެ ޙުކުމްތަކަށް ފުރައްސާރަކުރޭ. ﷲ ތަޢާލާއަށް، އަދި ރަސޫލާ ﷺ އަށް ނިޞްބަތްކޮށް ބުނެގެން ނުވާނެ ބަސްތައް ބުނޭ. މިފަދަ ކަންކަމާއި ގުޅިގެން ޢިލްމުވެރިން ޙައްޤުބަސް ވިދާޅުވެފަވެސް އެބަހުރި.
- މަޖިލީހުގަ ބައެއް މެންބަރުން އެބަހުރި އެއްވެސް ޙަޤީޤަތެއް ދޮގު ވާހަކަތައް ފަތުރައި ފިތުނަ އުފައްދުވާފަ! މިއީވެސް އިސްލާމް ދީން ހުއްދަކުރާ ކަންކަމެއް ނޫން. އިސްލާމް ދީން މަނާކުރާ ކަމެއް އެއްވެސް ތަނެއްގައި އެއްވެސް މީހަކަށް ކުރެވިގެން ނުވާނެ.
- މަޖިލިސް މެންބަރުންނަށް ބޭނުންހައި ވާހަކައެއް ކުށްވެރިނުވެ މަޖިލީހުގަ ދެއްކޭނަމަ ރައްޔިތުންނަށްވެސް އެފުރުޞަތު އޮންނަން ޖެހޭނެ.
ރައްޔިތުންގެ ގިނަ ބައަކު ގެންދަނީ މިފަދަ ޝުޢޫރުތައް ފައުޅުކުރަމުންނެވެ.
ބިލް ފޮނުއްވުމާއިއެކު ދީނީ ޢިލްމުވެރިޔާ، ޑރ. މުހައްމަދު އިޔާޟް ޢަބްދުއްލަޠީފް ވަނީ ބިލަސް މަރުޙަބާ ވިދާލުވެފައެވެ. މަޤްޞަދެއްކަމުގައި ބެލެވެނީ ނަފްރަތު އުފެދޭނެ ވާހަކަތައް އެއްވެސް މީހަކަށް އެއްވެސް ތަނެއްގައި ނުދެއްކޭނެ ގޮތް ހަމަޖެހުން ކަމަށެ ބެލެވެއެވެ.
ޝައިޚް އަޙްމަދު ރިމާޒް ވިދާޅުވީ އެންމެ ނުބައިކަން ބޮޑު ހޭތް ސްޕީޗަކީ އިސްލާމް ދީނާއި ދަންނަބޭކަލުންނާއިމެދު ނަފްރަތު އުފައްދަން ދައްކާ ވާހަކަތައް ކަމަށެވެ.