ހިއްސާއަކަށް ހަތްރުފިޔާ ތޭވީސލާރި ބެހުމަށްވަ ދިރާގުން ނިންމައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ހިއްސާއަކަށް ހަތްރުފިޔާ ތޭވީސލާރި ބެހުމަށްވަ ދިރާގުން ނިންމައިފި

ހިއްސާއަކަށް 7.23 ރުފިޔާ ބަހަން ނިންމައިވާކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން ބުނެފައިވަނީ ކުންފުނީގެ މާލީ ޙާލަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ރިޢާޔަތްކުރުމާއެކީގައި، ޑިޓެކްޓަރުންގެ ބޯޑުން ހުށަހަޅައި މުޅި އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 7.23 ރުފިޔާ ބެހުމަށް ނިންމާފައިވާ ކަމަށެވެ.

އިއްޔެ ބޭއްވި ދިރާގުގެ 32 ވަނަ އަހަރީ ޢާންމު ޖަލްސާގައި 46 ޙިއްސާދާރުންނާއެކު 717,373,704 ޙިއްސާ ތަމްސީލުކޮށް، ހުށަހަޅާފައިވާ ރިޒޮލިއުޝަންތައް ފުރިހަމަ އަޣްލަބިއްޔަތުން ވަނީ ފާސްވެފައެވެ.

ދިރގުން ބުނެފައިވަނީ މުޅިދުނިޔެއަށް ކުރިމަތިވި މި ބަލިމަޑުކަމުގެ ސަބަބުން 2020 ވަނަ އަހަރު ކުންފުނީގެ މާލީ ޙާލަތަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާކަމަށާއި އެގޮތުން  2020 ވަނަ އަހަރު ކުންފުނީގެ ޖުމްލަ އާމްދަނީ 2019  ވަނަ އަހަރާ އަޅާކިޔާއިރު، ނިމުނު އަހަރުގެ ޖުމްލަ އާމްދަނީވަނީ 13.1%  ދަށްވެފައިވާކަމަށެވެ.

ކުންފުނީގެ މުޙިންމު ހުރިހާ ވިޔަފާރިއަކުންވެސް ލިބުނު އާމްދަނީ ދަށަށްގޮސްފައިވާއިރު، އެންމެ ބޮޑަށް އާމްދަނީއަށް އަސަރުކޮށްފައިވަނީ ދުނިޔޭގެ ބޯޑަރުތައް ބަންދުކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުން ކަމާއި 2020 ވަނަ އަހަރު ޓެކްސް އުނިކުރުމަށްފަހު ޖެހޭ ސާފު ފައިދާގެ ގޮތުގައި 732 މިލިއަން ރުފިޔާ ލިބިފައިވީއިރު، މިއީ 2019 ވަނަ އަހަރާ އަޅާކިޔާއިރު 22.2% ދަށް އަދަދެއް ކަމަށް ދިރގުން ބުނެފައިވެއެވެ.

ދިރާގަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަކޮށް ޑިޖިޓަލް ޚިދުމަތްތަކުން ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކުންފުންޔެކެވެ. އަދި ހަމަ އެހެންމެ، ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ދިވެހި މުޖުތަމަޢު ބާރުވެރިކުރުވާ، ޑިޖިޓަލް ފަރަގު ކުޑަ ކުރެވޭނެ ގޮތްތައް ހޯދައި ދެނެގަތުމަށެވެ.

  

މިއަދު އޮންލައިން