ސައިކަލަކާއި ގާޑިޔަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 37ސ
ސައިކަލަކާއި ގާޑިޔަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ!

ސައިކަލަކާއި ގާޑިޔަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި  އަނިޔާވި މީހަކު ނިޔާވެއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ މާލޭގައި  ގަލޮޅު ހުވަފެނީ ގޯޅީގައި އެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ މިއެކްސިޑެންޓްގެ ރިޕޯޓު ކޮށްފައިވަނީ މިރޭ 10:00 ގައި ކަމަށާއި މި އެކްސިޑެންޓު ހިނގީ ދުއްވާފައި ދިޔަ ސައިކަލް އެ ގޯޅީގައި ބާއްވާފައި އޮތް ގާޑިޔަލުގައި ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލުގެ ފަހަތުގައި އިން މީހާ ނިޔާވެފައިވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށް ފުލުހުން ވަނީ ބުންޏެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު އެކްސިޑެންޓު ހިނގި އިރު ސައިކަލު ދުއްވަން އިން މީހާ ފިލާފައި ކަމަށް ފުލުން ވަނީބުނެފައެވެ.

 

މިއަދު އޮންލައިން