އުފަންވެލި ޝޮޕްތަކުން އަނެއްކާވެސް ވަރަށް ބޮޑުތަނުން ކުކުޅުގެ އަގުހެޔޮކޮށްފިއެވެ.
މާދަމާ (7 ޖޫން) އިން ފެށިގެން ހުކުރު (12 ޖޫން) ދުވަހުގެ ނިޔަލަށް 1.3 ކިލޯގެ ކުކުޅެއް، އެންމެ 23 ރުފިޔާއަށް ކިލޯއެއްގެ ރޭޓުން ވިއްކާނީ 1.3 ކިލޯގެ ކުކުޅެއް އެންމެ 30 ރުފިޔާޢަށެވެ.
އުފަންވެލި ޝޮޕުން ބުނީ މިހައި ހެޔޮ އަގެއްގައި ކުކުޅު ވިއްކަން ޤަޞްދުކުރީ މިދުވަސްވަރު މަހުގެ އަގުބޮޑުވުމުން ކުކުޅު ގަންނަން ބޭނުންވާ މީހުން ގިނަވާތީ އެހީތެރިވުމުގެ ގޮތުން ކަމަށެވެ. އަދި ޢާންމު ގޮތެއްގައި 2 ދުވަހަށް ކުރިއަށް ގެންދާ ސޭލް މިފަހަރު 5 ދުވަހަށް ކުރިއަށް ގެންދަނީ ބާޒާރުކުރަން ނުކުމެ އުޅުމުގައި ދަތިތަކެއް ހުރުމުން ހެޔޮ އަގުގައި ގަތުމުގެ ފުރުޞަތު ވީހައި ގިނަބައަކަށް ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.
ރާއްޖެއަށް ތާޒާ ތަރުކާރީ މޭވާއާއި އެނޫންވެސް ގިނަ ބާވަތްތަކުގެ ކާބޯތަކެތި އެތެރެކޮށް ހޯލްށޭލް/ރީޓޭލް ކުރާ އުފަންވެލި ޝޮޕްތަކުން މިހާރުވެސް ގެންދަނީ ވަރަށް ގިނަ ބާވަތްތައް ވަރަށް ހެޔޮއަގުގައި ވިއްކަމުންކަން ފާހަގަކުރެވެއެވެ.