ކޮޕާ އެމެރިކާގެ ހުރިހާ މެޗެއްވެސް ދިރާގު ޓީވީގެ ސޮނީ ޓެން 2 އެޗް ޑީ އަދި ދިރާގު ޕްލޭ މޮބައިލް އެޕްލިކޭޝަނުން ބަލާލެވޭނެ ކަމަށް ދިރާގުން ބުނެފިއެވެ.
މުނިފޫހިފުލުވުމުގެ އެތައް ޗެނަލެއް ހިމޭނޭ ދިރާގު ޓީވީ މެދުވެރިކޮށް ކަސްޓަމަރުންނަށް "ހައި ޑެފިނީޝަން (އެޗްޑީ)" ކޮލިޓީގައި އެއް ޑިވައިސް އަށް ވުރެ ގިނަ ޑިވައިސް އިން އެއްފަހަރާ، އެއް ޔޫސަރ ނޭމް އަދި ޕާސްވޯޑެއް ބޭނުންކޮށްގެން މެޗްތައް ބަލާލެވޭނެއެވެ. އެގޮތުން ދިރާގު ޓީވީ ކަސްޓަމަރުން ތެރެއިން ބޭސިކް ޕްކޭޖުން ފެށިގެން މަތީގެ ޕެކޭޖްތައް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ހުރެވެސް މެޗްތައް ފަސޭހަކަމާއެކު ބަލާލެވޭނެއެވެ. މީގެ އިތުރުން، ދިރާގު ޕްލޭ އެޕް މެދުވެރިކޮށް، ޖީ. އެސް. ޓީ ނުލާ މަހަކު އެންމެ 65 ރުފިޔާއަށް މެޗްތަކުގެ އިތުރުން ގިނަ މުނިފޫހިފިލުވުމުގެ ޗެނަލްތައް މޮބައިލް ފޯންފަދަ ޑިވައިސްތަކުން ކޮންމެ ތަނެއްގައި ހުރެވެސް ބަލާލެވޭނެއެވެ. ދިރާގު ވައިފައި ނެޓްވޯކެއްގައި ދިރާގު ޕްލޭ އިތުރު ޑޭޓާ ހަރަދެއް ނުހިނގާ ބަލާލެވޭނެއެވެ.
މީގެ އިތުރުން، ދިރާގު މޮބައިލް ކަސްޓަމަރުން ގޭގައި ތިބޭ މި ދަނޑިވަޅުގައި އިތުރު ލުޔެއް ދިނުމުގެ ގޮތުންމި ވަނީ ގިނަ އޮފަރ ތަކެއް ތައާރަފުކޮށްފައިއެވެ. އެގޮތުން، ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުން "އަމިއްލަ ޓީވީ" އެޑް އޮން އެކްޓިވޭޓްކޮށް، ޕޯސްޓްޕެއިޑް ޕްލޭން ކަސްޓަމައިޒް ކޮށްލައިގެންވެސް ދިރާގު ޓީވީ ބަލާލެވޭނެއެވެ. އަދި ހަމަ އެހެންމެ، ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭން ތަކުން އިތުރު 50% ޑޭޓާ ޖޫން 2021 ގެ ނިޔަލަށް ލިބިގެންދާނެއެވެ.
ކޮޕާ އެމެރިކާގެ މެޗްތައް ފަށަން ހަމަ ޖެހިފައިވަނީ 14 ޖޫން 2021 ގެ ރާއްޖެ ގަޑިން 02:00ގައި އެވެ.
ދިރާގުޓީވީ އިން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓާއި އޮފަރ ތައް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް ދިރާގުން ވަނީ ބުނެފައެވެ.