ފުރަތަމަ ސަރުކާރު އުވާލާކަށް ނުޖެހޭ! ފުރަތަމަ އުވާލަންވީ މަޖިލީސް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ފުރަތަމަ ސަރުކާރު އުވާލާކަށް ނުޖެހޭ! ފުރަތަމަ އުވާލަންވީ މަޖިލީސް!

ނޫސްތަކުގައި ލިޔުނީމާ ތަޙްޤީޤް ކުރާ ޒާތުގެ ވާހަކަތަކެއް މިއަދު މިދަނީ މަޖިލީހުގައި ތިބި އެމްޑީޕީ މެންބަރުންގެ ފަރާތުން އަޑުއިވެމުންނެވެ. ސަރުކާރު އުވާލާ ރައީސް ޞޯލިޙް އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަންނަވަން މަޖްލިސް މެންބަރުން ގޮވާ އަޑެވެ. 

މިސަރުކާރުގެ ވެރިކަމާއި ރައްޔިތުންގެ މަޖިލީހުގެ މިހިނގާދައުރަށް ބަލައިފިނަމަ ކަނޑައެޅިގެން އިސްލާމް ދީނަށާއި ﷲ ތައާލާއަށް އަދި ރަސޫލް ﷺ އަށް މިއަށްވުރެ ބޮޑަށް މަލާމާތާއި ފުރައްސާރަކުރެވުނު، އިސްލާމް ދީނަށް ކަނޑައެޅިގެން ހަޖޫ ޖަހަމުން ގެންދާ ރައްޔިތުންގެ މަޖިލީހެއް އަދި މިހައިތަނަށް ފެނުނުކަން އެނގޭކަށް ނެތެވެ. 

އެހެންކަމުން އެންމެ ރަނގަޅު ގޮތަކަށްވާނީ މަޖިލީހުގައި ތިބި މި ފާހަގަކުރެވުނުފަދަ ﷲ ތަޢާލާގެ އަދުއްވުން އިސްތިޢްފާ ދިނުމެވެ. އެގޮތުންވެސް މަޖިލީހުގެ ކަންކަން ﷲ ތަޢާލާގެ މަގަށް ނުއެނބުރޭނެނަމަ އެންމެ ރަނގަޅު ގޮތަކީ މުޅި މަޖިލިސް އިސްތިޢުފާ ދިނުމެވެ. 

ޚާއްޞަކޮށް މަޖިލީހުގެ ކޮންމެ މެންބަރަކުވެސް ވިސްނައިލުން ރަނގަޅެވެ. ތިމާ މަޖިލީހަށް ހޮވިގެން މިހުރީ ހަމަ ޙައްޤު ގޮތުގައިތޯ؟ ކޮރަޕްޝަނާއި ނުލައިތޯ؟ ކޮރަޕްޝަނާ ލައިގެން ހޮވިގެން މަޤާމަކާ ހަވާލުވެ ނަގާ މުސާރަ ހަލާލުވާނެތޯ؟  

ކޮންމެއަކަސް މިހާރު މިހިނގާ ރައްޔިތުންގެ މަޖިލީހަކީ ﷲ ތަޢާލާގެ ޙުކުމްފުޅުތަކާ އެންމެ ދެކޮޅު މަޖިލިސްކަން މަޖިލީހުގެ ޖަލްސާތަކުން ދަނީ އެނގެމުންނެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މުޅި ތާރީޚުގައިވެސް އިސްލާމް ދީނަށް ފުރައްސާރަ ނުކުރާ މިންވަރަށް ފުރައްސާރަ މިހާރުވެސް ކޮށްފައިވާކަން އެންމެންނަށް އެނގެއެވެ. 

ވީމާ އަދި މިވަގުތުގެ ޙާލަތަށް ބަލައިފިނަމަ ހުރިހާ ގޮތަކުންވެސް ފުރަތަމަ އިސްތިޢްފާދޭންވީ މަޖިލިސްކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން