ސްޓިކާ ޖެހުމުގަ އެއްވެސް ހަމައެއް އިންޞާފެއް ނެތް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
ސްޓިކާ ޖެހުމުގަ އެއްވެސް ހަމައެއް އިންޞާފެއް ނެތް!

މިއީ ވަރަށް އާދައާ ޚިލާފް ކަންމައްޗެއްގެ ގޮތުގައި ގިނަ ބއަކު ފާހަގަކުރެއެވެ. ފުރަތަމަ އެކަންމަތީގައި އިން ފާހަގަކުރަން އުޅުނީ "ކާރު ޕާކުކުރުން މަނާ" ފާހަގަ ޖަހާފައި އިންނަ އެއްތަނެއްގައި ހަރުނުލާ ދުވާ ކޯނެކެވެ. އެކޯނަކީ އެއްކަނެއްގައި ހަރުލާ ކޯނެއް ނޫނެވެ. އަބަދު ހުންނަނީ އެއްތަނުން އަނެއް ތަނަށް ދުވެދުވެއެވެ.  

ދުވާކޯނު ގެއްލުނުތާ މަސްތަކެއް ފާއިތުވެއްޖެއެވެ. ސައިކަލް ޕާކުކުރާ މި ސަރަހައްދުގައި އެއްވެސް އިމެއް ފާހަގަކޮށްފައެއް ނުވެއެވެ. އެފަހަރަކު ސްޓިކާ ޖަހާ ފުލުހުންނަށް ޖަހަން ފެންނަ އިމެއްގައި ހުންނަ ސައިކަލްތަކުގައި ޖަހަނީއެވެ. ބައެއް މީހުންގެ ސައިކަލުގައި ފުލުފުލުގައި ސްޓިކާޖަހައެވެ. އަނެއް ބައެއްގެ ސައިކަލް ހަމަ އެތަނުގަ އަބަދު ހުރިނަމަވެސް ނުޖަހައެވެ. 

ޕާކުކުރާނެ ސަރަހައްދު ނެތަނަމަވެސް ސައިކަލް އެތެރެކުރާވަރުން އެތެރެކުރެއެވެ. ޑިޔުޓީއަށް ނަގާ ފައިސާ ބަރާބަރަށް ނަގައެވެ. ޕާކުކުރާނެ ޖާގަ ނުދައްކާ ސްޓިކާ ޖެހުމަކީ އިންޞާފުން ކުރާކަމެއް ނޫންކަން ގިނަ ބައަކު ފާހަގަކުރަމުން އަންނައިރު ސްޓިކާ ޖެހުމުގައިވެސް އެއްވެސ ހަމައެއް އިންޞާފެއް ނެތްކަންވެސް ގިނަބައަކު ފާހަގަކުރެއެވެ.

މިއަދު އޮންލައިން