ބާރުގަދަ މީހާއަށް މޮޅުގޮތް,، ނިކަމެތި މީހާއަށް ނިކަމެތިގޮތް ހަދަމުން ގެންނަ ތަރައްގީން ކުރާނެ މަންފާއެއް ނެތް!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ބާރުގަދަ މީހާއަށް މޮޅުގޮތް,، ނިކަމެތި މީހާއަށް ނިކަމެތިގޮތް ހަދަމުން ގެންނަ ތަރައްގީން ކުރާނެ މަންފާއެއް ނެތް!: ޑރ. އިޔާޟް

އިންސާނާގެ ފުރާނައަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. الله ހުއްދަ ކުރެއްވި ކަމެއްގައި މެނުވީ އިންސާނާގެ ފުރާނަ ދުއްވާ ނުލެވޭނެއެވެ. އެފަދަ ކަމެއް މީހެއްގެ މައްޗަށް ޘާބިތުވެއްޖެކަން ކަނޑައަޅާނީ ޝަރްޢީ ކޯޓުތަކުންނެވެ. އަދި ތަންފީޛު ކުރާނީ ދައުލަތުންނެވެ. 

އެއީ ރަޢްޔިތުން އަމިއްލަ އަށް ކުރެވޭނެ އަދި ކޮށްގެންވާނެވެސް ކަމެއް ނޫނެވެ. މުޖްތަމަޢުގެ ހަމަޖެހުމާއި މަސަލަސް ކަމަށް ރިޢާޔަތް ކުރުމަކީ ކޮންމެ މީހެއްގެވެސް ފަރްދީ ޛިންމާ އެކެވެ. އަނިޔާވެރި ޢަމަލުތައް ހުއްޓުވޭނީ ޅަފަތުން ފެށިގެން އިސްލާމީ ތަރްބިއްޔަތު ދެވި, މުޖްތަމަޢުގައި ޢަދުލު އިންޞާފު ގާއިމް ކުރެވިގެންނެވެ. 

ބާރުގަދަ މީހާ އަށް މޮޅުގޮތް, ނިކަމެތި މީހާ އަށް ނިކަމެތިގޮތް އޮންނަ އުޞޫލު ބަދަލު ކުރަން ޖެހެއެވެ. ނޫންނަމަ ކިތަންމެ ތަރައްގީ އެއް ގެނައިނަމަވެސް އެކަމުގެ މަންފާ އެއް ނުކުރާނެއެވެ. އަދި މުޖްތަމަޢުގެ އަފްރާދުންނަށް ހަމަޖެހިގެން އުޅެވޭނެ ގޮތެއްވެސް ނުވާނެއެވެ!

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން