ބާޒާރުގެ ބައެއް ފިހާރަތަކުގަ މިއަދު ކެރެޓް ކިލޯއެއްގެ އަގު 150 ރުފިޔާއަށް ހުރި ނަމަވެސް އުފަންވެލި ޝޮޕްތަކުގަ މިއަދު ކެރެޓް ކިލޯއެއް ވިއްކަނީ 30 ރުފިޔާއަށާއި 80 ރުފިޔާއަށެވެ.

އުފަންވެލި ޝޮޕްތަކުން މިއަދު ބުނީ ކަސްޓަމަރުން ވީހައި ހެޔޮ އަގުގައި ވިއްކަން ކުރާ މަސައްކަތުގެ ތެރެއިން ކެރެޓްގެ އަގު މިވަރަށްވެސް ހެޔޮކުރެވުނީ އެކަމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްގެން ކަމަށެވެ. އަދި ކަނޑުމަތީގައި މިހާރު ހުރި ކޮންޓޭނަރުތައް ލިބުމުން ހަމަ ކުރިން ވިއްކިހައި ހެޔޮ އަގުގައި ވިއްކާނެ ކަމަށެވެ.

ކޮންޓޭނަރުގައި ކެރެޓް އެތެރެކުރާ ބައެއް ފިހާރަތަކުން ބުނެފައިވަނީ ބޯޓުފަހަރުގެ ދަތުރުތައް މިހާރު ހުންނަ ގޮތުން ތަރުކާރީގެ ބާވަތްތައް ޤަވާއިދުން ލިބުމުގައި ދަތިތަކެއް ހުރުމުން ސްޓޮކް ހުސްވެ އަގު އުފުލެނީ ކަމަށެވެ. އެކަން ޙައްލުކޮށް ހެޔޮ އަގުގައި ވިއްކަން މަސައްކަތްކުރަމުންދާކަމަށެވެ.

"އެންމެ ބޮޑު މައްސަލައަކީ އެއާ ފްރޭޓަށް ކުރަންޖެހޭ ޚަރަދު ބޮޑުކަން. އެއާފްރޭޓް މިހާރުވަނީ 4، 5 ގިނައަސް ބޮޑުކޮށްފަ. ވީމާ މަދުވާތަން ފޫބައްދަން އުނދަގޫވަނީ." ކަމަށްވެސް ބުނެއެވެ.