މިއަދަކީ ދިވެހިރާއްޖެ ޒަމާނީ ޑިމޮކްރަސީއަށް ވާސިލުވި އަދި ރާއްޖޭގައި މިހާތަނަށް އެކުލަވާލެވުނު އެންމެ ފުރިހަމަ ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށުނުތާ 13 އަހަރުވީ ދުވަސް!
7 އޮގަސްޓު 2008 ގައި މިހާރުގެ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުނީ، އޮނަރަބްލް ޤާސިމް އިބްރާހީމްގެ ސިޔާސީ ހިކުމަތްތެރި ކުޅަދާނަ ރިޔާސަތުގަައި ރައްޔިތުންގެ ޚާއްޞަ މަޖިލީހުން މިޤާނޫނުއަސާސީ އެކުލަވާލައްވަައި ފާސްކުރެއްވުމުންނެވެ.
ވީމާ، މިބުރަ ގައުމީ ޚިދުމަތުގެ އެންމެބޮޑު ޝުކުރެެއް ޙައްޤުވާ ސިޔާސީ ލީޑަރަކީ ޖުމްހޫރީ ޕާޓީ (ޖޭ.ޕީ)ގެ ލީޑަރ ފިޔަވައި ދެވަނަ ބޭފުޅެއް ނޫނެވެ.
އަދި މިއަދަކީ އޮނަރަބްލް ޤާސިމް އިބްރާހީމް، ޖޭ.ޕީ.އަށް ސޮއިކުރެެއްވި ތާރީޚީ ދުވަަސްވެސްމެއެވެ.
ވީމާ، މިއުފާވެރި ފަޚުރުވެރި މުނާސަބަތުގެ ތަހުނިޔާއާއި މުބާރަކުބާދީ، އޮނަރަބްލް ޤާސިމް އިބްރާހީމްގެ އަރިހަށް ފޮނުވަނީ އުފާވެރިކަމާއެކުގައެވެ. އަދި މިބުރަ ގައުމީ ޚިދުމަތުގައި ޝާމިލުވި އެންމެހައި ފަރާތްތަކަށްވެސް ދުވަހުގެ ތަހުނިޔާއާއި ޝުކުރުދަންނަވަމެވެ.
މިޤާނޫނުއަސާސީގެ ފޮނިމީޜުކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ހޯދައިދިނުމަށް ޖޭ.ޕީ.އިން ކުރާ މަސައްކަތްތަކަށް ހީނަރުކަމެއް ނާންނާނެ ކަމަށާއި، އަދި ދިވެހި ލޮބުވެތި ރައްޔިތުންގެ ހެވާއި ލާބަޔަށް ކުރާ މަސައްކަތްތަކުގައި ޖޭ.ޕީ. އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން މިފުރުސަތުގައި ތަކުރާރުކުރަމެވެ.
މިހާރު ގައުމު އަދި ދުނިޔެ މިއޮތް ހާލަތުގައި ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ސަރުކާރުން ކުރައްވަމުންގެންދަވަނީ އެންމެބުރަ އެންމެއަގުހުރި ގައުމީ ޚިދުމަތްތައްކަން ފާހަގަކޮށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.
އަލީ ސާލިހް
އިސްތަރުޖަމާން