އުރީދޫ އަތޮޅު ދުވުން ފުރިހަމަ ކުރުމުގެ ފުރުސަތު މިމަހުގެ 14 އަށް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 57ސ
އުރީދޫ އަތޮޅު ދުވުން ފުރިހަމަ ކުރުމުގެ ފުރުސަތު މިމަހުގެ 14 އަށް!

އުރީދޫ އަތޮޅު ދުވުމުގެ ދުވުން ފުރިހަމަ ކުރުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.

އުރީދޫއިން ބުނެފައިަނީ ސްކޫލް ބަންދައި މޫސުމީ ހާލަތާއި ގުޅިގެން ދުވުން ފުރިހަމަ ކުރުމަށް ވަގުތު އިތުރުކުރުމަށް ގިނަ ދުވުންތެރިން އެދިފައިވުމާއެކު 14 އޯގަސްޓްގެ ނިޔަލަށް އަތޮޅު ދުވުމުގެ ވަގުތު އިތުރު ކޮށްފައިވާކަމަށެވެ.

ދުވުމުގައި ބައިވެރިވާ ފަރާތްތަކުން 5 ކިލޯމީޓަރު އަދި 10 ކިލޯމީޓަރ ގެ ދުވުން ސްޓްރާވާ އެޕް، ގާމިން ކަނެކްޓް، ރަންޓާސްޓިކް، ނައިކް ރަން ކްލަބް ނުވަތަ ރަންކީޕަރ އެޕްލިކޭޝަން މެދުވެރިކޮށް ޓްރެކްކޮށް، ނިންމާފައިވާ ރަން ރޫޓްގެ ސްކީންޝޮޓް، ކޮންފަރމޭޝަން މެސެޖާއިއެކު ލިބުނު ލިންކަށް އަޕްލޯޑް ކުރުމުން ޑިޖިޓަލް މެޑަލެއް ލިބިވަޑައިގަންނަވާނެއެވެ.

ދުވުން ފުރިހަމަ ކުރާ ފަރާތްތަކުން "ރަން މޯމެންޓްސް" އަދި ޑިޖިޓަލް މެޑަލް ފޭސްބުކް، އިންސްޓަގްރާމް އަދި ޓްވިޓަރގައި ޝެއަރ ކޮށްގެން އިނާމް ހޯދުމުގެ ފުރުސަތުވެސްވަނީ 14 އޯގަސްޓް ގެ ނިޔަލަށް އިތުރުކޮށްފައެވެ. ސޯޝަލް މީޑިއާގައި ޝެއަރ ކުރައްވާއިރު އުރީދޫ މޯލްޑިވްސްގެ އެކައުންޓް ޓެގް ކޮށް #OoredooAtholhuDhuvun  ހޭޝްޓެގް ބެނުންކުރަންވާނެއެވެ. ނަސީބުވެރި ފަރާތްތަކަށް ލިބޭ އިނާމްތަކުގެ ތެރެއިން:

ރަން މޯމަންޓްސް ޝެއަރ ކުރައްވާފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތްތަކަށް ލިބޭ އިނާމުތައް.

· މަމަކް ރެސްޓަޯރެންޓްއިން ދެ މީހަކަށް ކެއުން

· ލަ ވެރާ ޕިޒޭރިއާ އިން ދެމީހަކަށް ޕިއްޒާ

ޑިޖިޓަލް މެޑަލް ޝެއަރ ކުރައްވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތްތަކަށް ލިބޭ އިނާމުތައް

· ލި ޕާފިއުމްގެ ފަރާތުން ގިފްޓް ޕެކެއް

· ޕިއްޒާ ކިޗަންއިން ޕއްޒާ އެއް

މީގެ އިތުރުން ދުވުން ފުރިހަމަކޮށް ޑިޖިޓަލް މެޑަލް ލިބުމުން ފިސިކަލް މެޑަލް ބޭނުންވާ ފަރާތްތަކަށް ކުޑަ އަގަކާއެކު މޫލީ މެދުވެރިކޮށް އަޕްގްރޭޑްކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރިނަމަވެސް ހިލޭ ޑެލިވަރ ކޮށްލަދޭނެއެވެ.

އުރީދޫ އަތޮޅު ދުވުމަކީ އެކަނިވިޔަސް އަދި އާއިލާއާއި ރައްޓެހިންނާއެކުގައިވެސް، ގައިދުރުކަމާއިއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އިވެންޓެކެވެ. މުޅި ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ބައިވެރިވުމަށް ހުޅުވާލެވިފައިވާ މި ދުވުމަށް ޝައުގުވެރިވާ އެންމެހާ ފަރާތްތަކުން ބައިވެރިވުމަށް އުރީދޫއިން މަރުހަބާކިޔައެވެ. މި ވަރޗުއަލް ދުވުމުގެ އިތުރު މަޢުލޫމާތު އުރީދޫ ވެބްސައިޓުން އަދި އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބިގެން ދާނެއެވެ.

މިއަދު އޮންލައިން