ދިރާގުން "ސަޅި ޕްރީޕެއިޑް" ގެ ނަމުގައި މުޅިން އައު ޕްރިޕެއިޑް ޕްލޭންތަކެއް މިއަދު ތަޢާރަފް ކޮށްފިއެވެ.
ކަސްޓަމަރުންނަށް ގިނަ ފައިދާ އާއި އިތުރު ލުއި ފަސޭހަ ހޯދައިދިނުމުގެ ގޮތުން ތައާރަފުކުރި މި ޚާއްސަ ޕްރީޕެއިޑް ޕްލޭންތަކުން އެއް ފަހަރު އެކްޓިވޭޓްކޮށްލައިގެން 1 ހަފުތާ، 2 ހަފުތާ ނުވަތަ އެއް މަސްދުވަހަށް ކޮންމެ ދުވަހަކު 1 ޖީބީ ޑޭޓާ އައުވެގެން ދާނެއެވެ. ހަމަ އެންމެ، 145 ރުފިޔާއިން ފެށިގެން ސަޅި ޕްރީޕެއިޑްގެ ޕްލޭންތައް ފެށޭ އިރު، މީގެ ކޮންމެ ޕްލޭނަކުން ދުވާލަކު ލިބޭ އެއް ޖީބީ ޑޭޓާ އެލަވަންސްގެ އިތުރުން ހިލޭ ސޯޝަލް މީޑިއާ ޑޭޓާ އަދި އަންލިމިޓެޑް ކޯލްސް ލިބިގެންދާނެއެވެ. މިއާއެކު ދިރާގު ސަޅި ޕްރީޕެއިޑް ޕްލޭންތަކަކީ އެންމެ ގިނަ ޑޭޓާ ހަމަ އެއްމެ އެކްޓިވޭޝަނަކުން ފޯރުކޮށްދޭ ޕްރީޕެއިޑް ޕްލޭންތަކެވެ.
ސަޅި ޕްރީޕެއިޑް ތަޢާރަފުކުރުމާ ގުޅިގެން ދިރާގުން ވަނީ ކަސްޓަމަރުންނަށް ވަރަށް ޚާއްސަ އޮފަރ އެއްވެސް ތަޢާރަފުކޮށްފައިއެވެ. އެގޮތުން، ސަޅި ވީކްލީ އަދި ސަޅި 2 ވީކްސް ޕްލޭނުން ކަސްޓަމަރުންނަށް 12 ސެޕްޓެމްބަރ 2021 އާ ހަމައަށް 1 ޖީބީގެ ބަދަލުގައި 2 ޖީބީ ޑޭޓާ ކޮންމެ ދުވަހަކު ލިބިގެންދާނެއެވެ.
ދިރާގުގެ ސަޅި ޕްރީޕެއިޑް ތަޢާރަފު ކުރުމާ ގުޅިގެން ކުންފުނީގެ މެނޭޖަރ ކޮންސިއުމާ ޕްރީޕެއިޑް އައިޝަތް އިޝާނާ ވިދާޅުވީ "އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުން ޑޭޓާ ބޭނުން ކުރާ މިންވަރު ބަލައި، ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ޚިދުމަތްތައް ބައްޓަންކޮށް އިތުރު ފުރިހަމަކަމާއިއެކު ގިނަ ފައިދާތަކެއް ލިބިދޭގޮތަށް ޕްލޭންތައް ފަރުމާކުރުން. އެގޮތުން ޑޭޓާ ބޭނުންކުރާވަރު އިތުރުވެފައިވާ އޮތް މިދަނޑިވަޅުގައި މިއަދު މި ތަޢާރަފު ކުރި ޕްލޭންތަކުން ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު 1 ޖީބީ ޑޭޓާ އެލަވަންސް ލިބި، ޑޭޓާއިން ގިނަ ކަންތައްތައް އެންމެ އެކްޓިވޭޝަނަކުން ފަސޭހަކަމާއެކު ކޮށްލެވޭނެ. ހަމަ މިއާއެކު، ދިރާގު ސަޅި ޕްރީޕެއިޑް އަކީ މުޅި މަހަށް ބަހާލަންޔާ އެންމެ ބޮޑު ޑޭޓާ އެލަވަންސްއެއް މާކެޓްގައި އެންމެ ހެޔޮ އަގުގައި ލިބިގެންދާ ޕްރީޕެއިޑް ޕްލޭންތައް"

ދިރާގު ސަޅި ޕްރީޕެއިޑް ޕްލޭން ތައް ދިރާގު މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދިރާގު ޕްރީޕެއިޑް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށްވެސް އެކްޓިވޭޓް ކުރެވޭނެއެވެ.
ދިރާގުގެ މަޤްސަދަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރިއުޅުމަށް ފާގަތިކަމާއި ތަނަވަސްކަން ގެނެސްދީ، އިތުބާރާއި ޔަޤީންކަމާއެކު މުޅި ރާއްޖޭގެ އެންމެނަށް ދިރާގުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.