ވަކިމީހަކު ވެރިކަމަށް ގެންނަން ޤާނޫނު އަސާސީ ބަދަލުކޮށް ވެރިކަމުގެ ނިޒާމް ބަދަލުކުރަން މަސައްކަތް ކުރަނީ ރައްޔިތުންނަށް ގެއްލުންދޭން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ވަކިމީހަކު ވެރިކަމަށް ގެންނަން ޤާނޫނު އަސާސީ ބަދަލުކޮށް ވެރިކަމުގެ ނިޒާމް ބަދަލުކުރަން މަސައްކަތް ކުރަނީ ރައްޔިތުންނަށް ގެއްލުންދޭން-

ވަކިމީހަކު ވެރިކަމަށް ގެންނަން ޤާނޫނު އަސާސީ ބަދަލުކޮށް ވެރިކަމުގެ ނިޒާމް ބަދަލުކުރަން މަސައްކަތް ކުރަނީ ރައްޔިތުންނަށް ފައިދާއެއް ހޯދައިދޭން ބޭނުންވެގެން ނޫންކަމަށާއި އެއީ ރައްޔިތުންނަށް ގެއްލުން ދިނުމަށް ކުރާ މަސައްކަތެއްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ޖުމްހޫރީ ޕާޓީން ރޭ ބޭއްވި ބައްދަލުވުމުގައި ޤާސިމް އިބްރާހީމް ވިދާޅުވީ މީސްތަކުން މަގުފުރައްދަން އަބަދުވެސް ޝައިޠޯނާ މަސައްކަތްކުރާނެ ކަމަށާއި އެއީ ޝައިޠޯނާވެފައިވާ ވައުދެއް ކަމަށެވެ. އަދި ޝައިޠޯނާގެ ފަޅީގައި ތިބެގެން ކަންކަން ކުރާއިރު ބައެއް މީހުންނަށް އެމީހުންނަށް އެތިބެވެނީ ޝައިޠޯނާގެ ފަޅީގައިކަން ނުވެސް އެނގޭނެ ކަމަށެވެ. އަދި އެމީހާއަށް ޤަބޫލުކުރެވޭނީ އެމީހާ ކަންކަން އެކުރަނީ ވަރަށް މޮޅަށް ކަމަށެވެ. "ނަމަވެސް ﷲ ވަޙީކުރައްވަވާފައިވަނީ ތައުބާވުމުން ފާފަފުއްސަވައިދެއްވަވާނެކަމަށެވެ. 

"ވަކިމީހަކު ބޭނުންވީމާ އޭނާ ވެރިކަމަށް ގެންނަން ޤާނޫނު އަސާސީ ބަދަލުކުރަން، ވަކިމީހަކު، ވަކިބައަކު ބޭނުންވީމާ އަޅުގަނޑުމެންގެ ދީން ބަދަލުކޮށްގެންވެސް މިތަނުގައި ވެރިކަންކުރަން، އެއަށް އަންބާ ކިޔާފައި އަތްތިލަބަޑިޖަހާނީ އަޅުގަނޑުމެންގެ ތެރެއިން ހޭބުއްދި ސަލާމަތުން ހުރި މީހަކުތޯ ނުވަތަ މޮޔައަކުތޯ އެއަށް ޖަވާބުދިނީމާ އެނިމުނީ! އެކަމަށް އިތުރު ވާހަކައެއް ދައްކާކަށް ނެތިން." 

"ބައަކު ބަރުލަމާނީއޭ ކިޔައިގެން ޖައްސުވަން މިއުޅޭ ދަންތުރައިގަ ޖެހެން ހެޔޮ ނުވާނެ. އެކަން އެގޮތަށް އެކުރަނީ ޤައުމަށް ހެޔޮއެދިގެން ކަމަކަށް އަޅުގަނޑު ނުދަންނަވާނަން." ކަމަށްވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

މިއަދު އޮންލައިން