ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ ކެމްޕޭން "ސީދާ އަމާޒަށް"ގެ ދަށުން ގިނަ ބަޔަކު އަލަށް އެޕާޓީއާއި ގުޅިއްޖެއެވެ.
ވެރިކަންކުރާ ކޯލިޝަންގައި ހިއްސާ އޮންނަ ޖުމްހޫރީ ޕާޓީގައި 14 ހާހަށްވުރެ ގިނަ މެމްބަރުން ތިބިއިރު "ސީދާ އަމާޒަށް" ކެމްޕޭންގެ ދަށުން އެޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިޔަށް ގެންދާނެކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
ޖުމްހޫރީ ޕާޓީއާއި އަލަށް ގުޅޭ ފަރާތްތަކުގެ ފޯމާއި ހަވާލުވުމަށް ދޮޅު އަހަރުގެ މެދުކެނޑުމަކަށް ފަހު ކޮންމެ ހަފްތާއަކުވެސް އެޕާޓީ އަންނަނީ ޖަލްސާއެއް ބާއްވަމުންނެވެ.