ލިޓަސްގެ ވިޔަފާރީގަ ބަރަކާތް ލައްވަވާށި! އާމީން ކޮނޑުގަ ދަރިފުޅު އުފުލި މަންމައަށް ތިއަ ދިނީ އެންމެ ބޭނުންތެރި ހަދިޔާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ލިޓަސްގެ ވިޔަފާރީގަ ބަރަކާތް ލައްވަވާށި! އާމީން ކޮނޑުގަ ދަރިފުޅު އުފުލި މަންމައަށް ތިއަ ދިނީ އެންމެ ބޭނުންތެރި ހަދިޔާ!

ދާދިފަހުން ސޯޝަލް މީޑިއާގައި ޢާންމުވި، ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅޭ މަންމައަކު އޭނާގެ ދަރިފުޅު ސްކޫލަށް ގެންދަން ކޮނޑުގައި އުފުލާ ވީޑިއޯ އާއި ގުޅިގެން ލިޓަސް އޮޓޮމޮބައިލްސްއިން އިޖުތިމާޢީ ޚިދުމަތުގައި ނަމޫނާ ދައްކައި، މަންމަ ވަސީމާ މޫސާ ހޯދައި ސައިކަލަކާއި ގިނަ ޢިނާޔަތްތަކެއް ދީފިއެވެ.

"ގިނަ ބައެއްގެ އެހީތެރިކަމާއިއެކީ މި ފަހުން ދައުރުވި ވީޑިއޯއިން ކޮނޑުމަތީ ދަރިފުޅު އުފުލި މަންމަ (ވަސީމާ މޫސާ) އާއި ގުޅޭނެ ގޮތް މެދުވެރިވެ އަޅުގަނޑުމެންގެ ހަދިޔާވަނީ ރައްދުކުރެވިފަ އެވެ.

ހަދިޔާކުރެވުނު ސައިކަލް 2 އަހަރުދުވަހު ހިލޭ ސާވިސްކޮށްދިނުމުގެ އިތުރުން 2 އަހަރު ދުވަހު ދުއްވުމަށް ބޭނުންވާނެ ޕެޓްރޯލް ޚަރަދުވެސް ލިބޭނެ ވާހަކަވާނީ ހިއްސާކުރެވިފައެވެ.

އަދިވެސް އެއްފަހަރު މިކަމުގައި ގިނަ ރައްޔިތުންތަކެއްގެ ފަރާތުން ދެއްވި އެއްބާރުލުމަށް ޝުކުރުއަދާކުރަން. ދުޢާއަކީ މި މުޖުތަމަޢުއަކީ ހެޔޮކަންކަން ކުރުމާއި ކުރުވުމަށް ބާރުއަޅާނެ މުޖުތަމަޢުއެއްކަމުގައި އަބަދުމެ ލެހެއްޓެވުން!" ލިޓަސްއިން ބުނެފައިވެއެވެ.

 

މިއަދު އޮންލައިން