ރާއްޖެ މިއޮތީ ބޮޑު ކުށުވެރިކަމެއްގަތޯ؟ އިސްލާމް ދީނަށް ފުރައްސާރަކޮށްފިއްޔާ މަސްތުގެ ހާލުގަ- މިސްކިތަށް ކުޑަކަމުދިއައިމަ ނުކުޅެދުންތެރިކަން ހުންނަ މީހެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ރާއްޖެ މިއޮތީ ބޮޑު ކުށުވެރިކަމެއްގަތޯ؟ އިސްލާމް ދީނަށް ފުރައްސާރަކޮށްފިއްޔާ މަސްތުގެ ހާލުގަ- މިސްކިތަށް ކުޑަކަމުދިއައިމަ ނުކުޅެދުންތެރިކަން ހުންނަ މީހެއް!

މިހާރުގެ ސަރުކާރާއިއެކު ރާއްޖެއަށް މިވަނީ ވަރަށް ބޮޑު ކުށުވެރިކަމެއް ޖެހިފައިކަމަށް ޤަބޫލުކުރަން މިވަނީ ޖެހިފައެވެ. ﷲ ތަޢާލާއަށާއި ރަސޫލް އަށް އަދި އިސްލާމް ދީނަށް މަލާމާތްކޮށް ފުރައްސާރަކޮށްފިނަމަ އެމީހަކު ވަނީ މަސްތުގެ ޙާލަތުގަ ހުންނަ މީހަކަށެވެ. 

މިފަހަރު ކުރިމަތިވީ ހުކުރު މިސްކިތަށާއި އިސްލާމީ މަރުކަޒުގެ ނަމާދުކުރާބައަށާއި ރައީސް އޮފީހުގެ ގޭޓް ކައިރިއަށް ކުޑަކަމުދިއަ މީހެއްގެ މައްސަލައެވެ. އޭނާ ވީ ނުކުޅެދުންތެރިކަން ހުންނަ މީހަކަށެވެ. 

މީގެ ކުޑަދުވަސްކޮޅެއް ކުރިން މަޖީދީމަގު މެދުގައި ބަރަހަނާވެ ހުރެ އަމިއްލައަށް ޖިންސީ އެދުން ފުއްސި މީހަކާއިމެދުވެސް އިވުނީ މިޒާތުގެ އަޑެކެވެ. ސިކުނޑީގައި މައްސަލައެއް ހުންނަ މީހަކު ކަމުގެ ވާހަކައެވެ. 

މަޖިލީހުގެ ތަޅުން އޮތީ ﷲ ތަޢާލާއަށާއި އިސްލާމް ދީނަށް ފުރައްސާރަކޮށް ދީނީ މިނިވަންކަމަށް ގޮވާލަން ދޫކޮށްލައިފައެވެ. އެއަޑުތަކާއި ވީޑިއޯތައް ޢާންމުކޮށް ރައްޔިތުންނަށް ދައްކައެވެ. އެކަންކަމަށް ރައްޔިތުން ޝައުޤުވެރިކުރުވުމުގެ ކެންޕޭނު މަޖިލީހުން ބަރާބަރަށް ކުރިއަށް ގެންދެއެވެ. 

ލާދީނީއެވެ ބުނެފިނަމަ ރުޅިއާދެއެވެ. ފެންނަމުން މިދަނީ ރާއްޖެއިން އިސްލާމް ދީން ފުހެލުމަށް ދުރާލާ ރާވައިގެން ހިންގާ ޙަރަކާތްތަކެއް ކަމަށް ބުނާ މީހުން ވަރަށް ގިނައެވެ.

މިއަދު އޮންލައިން