މިސްކިތްތަކަށް ކުޑަކަމުދާހިތްވާ ބަލިޖެހުނު މީހާ ޙިމާޔަތްކުރަން ޢާއިލާއިން މަސައްކަތް ފަށައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
މިސްކިތްތަކަށް ކުޑަކަމުދާހިތްވާ ބަލިޖެހުނު މީހާ ޙިމާޔަތްކުރަން ޢާއިލާއިން މަސައްކަތް ފަށައިފި!

އިއްޔެ ހުކުރު މިސްކިތަށާއި އިސްލާމީ މަރުކަޒަށް ކުޑަކަމުދިއަ މިސްކިތްތަކަށް ކުޑަކަމުދާހިތްވާ ބަލި ޖެހިފައިވާ މީހާގެ ޢާއިލާއިން އޭނާއަކީ ނަފްސާނީ ބަލީގެ މީހެއްކަން ސާބިތުކުރަން މަސައްކަތްކުރަމުން އަންނަކަމަށް މިމައްސަލަ ވަރަށް ގާތުން ބަލަމުން ބަލަމުން އަންނަ ބައަކު ބުނެފިއެވެ. 

އެމީހުން ބުނަނީ ނަފްސާނީ ބަލީގެ މީހުން ގެތަކަށް ވީއްލިފައި ތިބޭނީ ކޮންމެވެސް މީހެއްގެ ބެލުމުގެ ދަށުން ކަމަށާއި އޭނާއަށް ނުބެލޭނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނމެ ކަމަށެވެ! "އެމީހާގެ ބެލުމުގެ ދަށުގަ ހުރި މީހަކު އެމީހަކަށް ނުބެލެހެއްޓޭނަމަ އޮންނާނެ ގޮތަކީ ގެންގޮސް ސަރުކާރާ ހަވާލުކުރުން. އެކަން ނުކޮށް ހުރިނަމަ އޭނާ ކުރާ ކަންކަމުގެ ޒިންމާ ޖެހޭނީ އުފުލަން." 

މިސަރުކާރު އައުމާއިއެކު ޢާންމުވެފައިވާ އިސްލާމް ދީނަށް ފުރައްސާރަކުރުމާ މިސްކިތްތަކުގެ ޙުރުމަތް ކެނޑުމުގެ މައްސަލަ ޙައްލުކުރުން މިހާރު އޮތީ ރައްޔިތުންނަށް ކަމަށާއި އެކަމަށް މިހާރު މިގެންދެވެނީ މަސައްކަތް ކުރަމުން ކަމަށްވެސް މައުލޫމާތުދިން މީހުން ބުނެފައިވެއެވެ.

މިއަދު އޮންލައިން