އިއްޔެ އިސްލާމީ މަރުކަޒުގެ ނަމާދުކުރާބައަށާއި ހުކުރު މިސްކިތަށް ކުޑަކަމުދިއަ، މިސްކިތަށް ކުޑަކަމުދާހިތްވާ ބަލި ޖެހިފައި ހުރި މީހާގެ ބަންދަށް ކޯތުން މިއަދު 7 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ އޭނާއަކީ ނަފްސާނީ މައްސަލައެއް ހުރި މީހެއްކަމަށް ބުނެ ޢާއިލާއިން ހުށަހަޅާފައިވާ މައްސަލަވެސް ބަލަމުން ގެންދާކަމަށެވެ.
ނަފްސާނީ ބަލީގެ މީހުން ބަލަހައްޓަންޖެހޭ ވަރަށް ނުބެލެހެއްޓުމުގެ ސަބަބުން މިސްކިތްތަކުގެ ޙުރުމަތް ކެނޑުމާއި އިސްލާމް ދީނަށް ފުރައްސާރަކުރުމުގެ މައްސަލަތައް ގިނަވަމުންދާކަމަށް ބުނާއިރު މިކަމުގައި ޖެންޑަރ މިނިސްޓްރީން އަދާކުރަންޖެހޭ ދައުރު އަދާކުރަމުން ގެންދާތަން ނުފެންނަކަން ގިނަބައަކު ފާހަގަކުރެއެވެ.