މީސް މީޑިއާ މެދުވެރިކޮށް، އަވަސް، ފަސޭހަ އަދި ޝައުޤުވެރި ވަސީލަތްތައް ބޭނުންކޮށްގެން، ވީހާވެސް ގިނަ ޢަދަދެއްގެ ރައްޔިތުންނަށް ދީނީ އަދި ޢިޖުތިމާޢީ މެސެޖުތަކާއި ނަޞޭޙަތް ފޯރުކޮށްދީ، ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، އިސްލާމީ ޘަޤާފަތާއި އާދަކާދައިގެ މައްޗަށް ބިނާކޮށް ތައްޔާރުކުރެވޭ ވީޑިއޯ ކްލިޕް ހެދުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.
އިޢުލާން:
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
މާލެ،
ދިވެހިރާއްޖެ
ނަންބަރު: (IUL)142-C1/142/2021/148
ވީޑިއޯ ކްލިޕް ހެދުމުގެ މުބާރާތް 2021
މީސް މީޑިއާ މެދުވެރިކޮށް، އަވަސް، ފަސޭހަ އަދި ޝައުޤުވެރި ވަސީލަތްތައް ބޭނުންކޮށްގެން، ވީހާވެސް ގިނަ ޢަދަދެއްގެ ރައްޔިތުންނަށް ދީނީ އަދި ޢިޖުތިމާޢީ މެސެޖުތަކާއި ނަޞޭޙަތް ފޯރުކޮށްދީ، ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، އިސްލާމީ ޘަޤާފަތާއި އާދަކާދައިގެ މައްޗަށް ބިނާކޮށް ތައްޔާރުކުރެވޭ ވީޑިއޯ ކްލިޕް ހެދުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
މިމުބާރާތުގައި ހުށަހެޅުމަށް ހަމަޖެހިފައިވާ ކްލިޕްތަކުގެ ދާއިރާ (ކެޓަގަރީ)ތައް:
1- ކީރިތި ރަސޫލާ ﷺ މީސްތަކުންނާ މުޢާމަލާތް ކުރެއްވި ގޮތް
2- ކީރިތި ރަސޫލާ ﷺ ގެ ހޭދަކުރެއްވުން
3- ކީރިތި ރަސޫލާ ﷺ ގެ އިޤްތިޞާދު ކުރެއްވުން
4- ކީރިތި ރަސޫލާ ﷺ ގެ ދީންވެރިކަމާއި، އަޅުވެރިކަން ދުނިޔަވީ ކަންކަމުގައި ތަވާޒުނުކޮށް ކުރެއްވިކަން
5- ކީރިތި ރަސޫލާ ﷺ ގެ ޢާއިލީ ގުޅުންތައް
މިމުބާރާތުން ވަނަތައް ހޯދާ ފަރާތްތަކަށް އިނާމު ހުށަހަޅާފައިވެ އެވެ. އެއީ:
1- އެއްވަނަ އަށް 5000ރ. (ފަސްހާސް ރުފިޔާ)
2- ދެވަނަ އަށް 4000ރ. (ހަތަރުހާސް ރުފިޔާ)
3- ތިންވަނަ އަށް 3000ރ. (ތިންހާސް ރުފިޔާ)
4- ހަތަރުވަނަ އިން ފެށިގެން ހަތްވަނައަށް 2000ރ. (ދެހާސް ރުފިޔާ)
5- އަށް ވަނަ އިން ފެށިގެން ދިހަވަނަ އަށް 1000ރ. (އެއްހާސް ރުފިޔާ)
ވީމާ، މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށްޓަކައި 14 އޮކްޓޯބަރ 2021ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި ޢިއުލާނާއެކީ މިވާ ލިންކް މެދުވެރިކޮށް ފޯމު ފުރިހަމަކުރެއްވުން އެދެމެވެ. އަދި 14 އޮކްޓޯބަރު 2021 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މުބާރާތުގައި ބައިވެރިކުރާ ކްލިޕްގެ ސީޑީ މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. މި މުބާރާތުގެ އުޞޫލާއި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު، މި މިނިސްޓްރީގެ ވެބްސައިޓް www.islamicaffairs.gov.mv އިން އަދި މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ މެއިލް [email protected] މެދުވެރިކޮށް ނުވަތަ ރަސްމީ ގަޑީގައި މި މިނިސްޓްރީގެ 3020243 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
*ވީޑިއޯ ކްލިޕް ހެދުމުގެ މުބާރާތުގެ އުޞޫލު މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.
--------------------
29 ޞަފަރު 1443
06 އޮކްޓޯބަރު 2021