"މެންޓަލް ހެލްތް ޑޭ" ފާހަގަކުރާ މީހުންގެ އަތުގަ "މެންޓަލް ހެލްތް" މައްސަލަ ހުރި މީހުންގެ ދަފްތަރެއް ނެތް! ކިތައް މީހުން ކަމެއްވެސް ނޭނގެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 35ސ
"މެންޓަލް ހެލްތް ޑޭ" ފާހަގަކުރާ މީހުންގެ އަތުގަ "މެންޓަލް ހެލްތް" މައްސަލަ ހުރި މީހުންގެ ދަފްތަރެއް ނެތް! ކިތައް މީހުން ކަމެއްވެސް ނޭނގެ!

މެންޓަލް ހެލްތް ޑޭ ގެ ނަމުގައި ދުވަހެއް ފާހަގަކުރާތީ ނޫހުގައި ލިޔުމެއް ޝާއިޢުކުރަން މިއަދު 3304206 ނަމބަރު ފޯނުން މިއަދުނޫހަށް ގުޅިއެވެ. 

މެންޓަލް ހެލްތް ގެ މައްސަލަތައް ގިނަވެ މިސްކިތްތަކުގެ ޙުރުމަތް ކެނޑުމުގެ މައްސަލަ ތަކުރާރުކޮށް ކުރިމަތިވަމުން އަންނަކަން ފާހަގަކޮށް އެންމެ ކުޑަމިނުން ރާއްޖޭގައި މިހާރު އެފަދަ ބަލިޙާލުގައި ތިބި ބަލިމީހުންގެ ލިސްޓެއް ނުވަތަ ދަފްތަރެއް ގެންގުޅުއްވަމުތޯ ސުވާލުކުރުމުން ބުނީ އެފަދަ މައުލޫމާތެއް ނެތް ކަމަށެވެ. 

ރާއްޖޭގައި ތިބި މެންޓަލް ފަރުވާއަށް ބޭނުންވާ މީހުންގެ މައުލޫމާތުވެސް ނޭނގޭ ބައަކު މެންޓަލް ހެލްތް ޑޭ ފާހަގަކުރުމުން ބަލިމީހުންނަށް ކުރާނެ ފައިދާއަކީ ކޮބައިކަމާއިމެދު ސުވާލު އުފެދެއެވެ.

މިއަދު އޮންލައިން