މިރޭގެ މެޗް ދިވެހި ކުޅުންތެރިން ކާމިޔާބުކުރާނެ ކަމަށް ބެލެވޭ ސަބަބުތަކުގެ ތެރެއިން 7 ދަށުގަ ރަހައެއްލުން --

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 49ސ
މިރޭގެ މެޗް ދިވެހި ކުޅުންތެރިން ކާމިޔާބުކުރާނެ ކަމަށް ބެލެވޭ ސަބަބުތަކުގެ ތެރެއިން 7 ދަށުގަ ރަހައެއްލުން --

ސާފް ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅޭ މެޗަކީ ހުރިހާ ގޮތަކުންވެސް ރާއްޖެއަށް ވަރަށް މުހިންމު މެޗެކެވެ. މެޗް ކާމިޔާބު ނުކުރެވިއްޖެނަމަ ވެންޓިލޭޓަރަށް ދާންޖެހުމުގެ ބިރު ބޮޑުކަމުންނެވެ. 

ކޮންމެއަކަސް މިރޭ ކުޅޭ މެޗާއިމެދު ހިތްހަމަޖެހުން ލިބޭ 2 ކަމެއް އެބަ އޮތެވެ. ފުރަތަމަ ކަމަކީ މިއަދަކީ ޤައުމީ ދުވަސްކަމުގައިވުމުން ކުލުންތެރިންގެ ހަށީގައި ޤައުމީ ލޭ ބާރަށް ކެކިކެކި ހުންނާނެ ކަމެވެ. 

ދެވަނަ ކަމަކީ މިއަދަކީ އޮކްޓޯބަރު މަހުން 7 ވަނަ ދުވަސްކަމެވެ. މުސްކުޅިން ބުނެއުޅޭ ގޮތުންނަމަ 7 ދަށުގަ ރަހައެއް ލާނެއެވެ. ގިނައިން މިބަސް ބޭނުންކުރެވެނީ ކަމެއް 7 ފަަހަރު ކުރަންޖެހިއްޖެ ނަމަ އެކަމެއް ކާމިޔާބުވާނެކަމުގެ މާނައިގައެވެ. މަހުން ހަތަކާއި މިގުޅުވައިލީ އަޅުގަނޑު އަމިއްލައަށެވެ. 

ކޮންމެއަކަސް މިރޭގެ މެޗުގެ ނަތީޖާ ރަނގަޅުވެ ދިވެހި ޤައުމީ ޓީމް މޮޅުވުމަކީ ކޮންމެ ދިވެހި ރައްޔިތަކުވެސް ބޭނުންވާނެ ގޮތެވެ. ހަމަގައިމުވެސް އަޅުގަނޑު އެންމެ ބޭނުންވާ ގޮތެވެ. 

- ޢަލީ ރިޟްވާން / މިއަދުނޫހުގެ ކިޔުންތެރިއެއް-

މިއަދު އޮންލައިން