މިއަދު ރާއްޖޭގައި ފާހަގަކުރާ ޤައުމީ ދުވަހާއި ގުޅިގެން ބައެއް ބޭފުޅުން ދައްކަވާ ވާހަކަފުޅުތަކުގައި ވަރަށް ބޮޑެތި އޮޅުންތައް އެބަހުއްޓެވެ. އެބޭފުޅޫންނަށް އެނގިވަޑައިނުގަންނަވަނީއެވެ. ނުވަތަ އެނގިވަޑައިގެން ތިއްބަވައި ރައްޔިތުންނަށް އޮޅުވާލައްވަނީއެވެ. މިއީ ޚާއްޞަކޮށް ޤައުމީ ދުވަހަކު ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.
ބޮޑުތަކުރުފާނެ ޤައުމަށް ކޮށްދެއްވި ކަންތައް ވަރަށް ސާފެވެ. އެއިރުދުނިޔޭގެ އެންމެ ވަރުގަދަ ކަނޑުގެ ބާޒުތަކުގެ ނަމުން މަޝްހޫރުވެފައިވާ ޕޯޗްގީޒުން ރާއްޖޭގެ ވެރިކަން ފޭރިގަނެގެން ތިއްބައި އެމީހުންނާ ހަނގުރާމަކުރައްވައި އެމީހުންގެ ވަސްވެސް ރާއްޖެއިން ފޮހެލެއްވީއެވެ. ބޮޑުތަކުރުފާނު ވިދާޅުވީ ކަލޭމެންގެ އަތުގަ ހުރި ބަރުހަތިޔާރު ކަލޭމެންނަށެވެ. އެހިފައިގެން ކަލޭމެން މިރާޖެގެ ނޫންތަނެއްގައި ތިބޭށެވެ. ރާއްޖޭގައި ބަނޑަހަޖަހަން ކިތަންމެ ވަރަކަށް އުޅުނު ނަމަވެސް އެފުރުޞްތެއް ނުދެއްވާނަމެވެ!
ޕޯޗްގީޒުންނަށް ބޮޑުތަކުރުފާނު ދެއްވި މެސެޖަކީ މިއީއެވެ.
ރާއްޖެއަށް ވެރިވެގަތް ހޮޅީންނަށް ދޮންބަންޑާރައިން ދެއްވި މެސެޖަކީވެސް ހަމަ މިއީއެވެ. އަދި ރާއްޖޭގައި ބަނޑަހަޖަހައިގެން ތިބި ވޯރާއިންނަށް އަލްއަމީރު އިބްރާހީމް ނާޞިރު ދެއްވެވި މެސެޖަކީވެސް ހަމަ އެއީއެވެ.
ވީމާ ރާއްޖޭގެ މިނިވްނަކަމުގެ ޙިމާޔަތުގައި ބޮޑުތަކުރުފާނާއި ދޮންބަންޑާރިންނާއި އިބްރާހީމް ނާޞިރު ކުރެއްވެވި މަތިވެރި ޖިހާދު ބޮލާލާ ޖަހައި އިންޑިއާ އާއި ސިއްރު ޑީލްތައް ހަދައި އެކި ނަންނަމުގައި ޢަދަދުވެސް ބުނަން ނުކެރުވުހައި ގިނަ އިންޑިއާ ސިފައިން ގެނުވައި ރާއްޖޭގައި ބަނޑަހަ ޖައްސުވާފައި ބޮޑުތަކުރުފާނު ވިދާލުވީ މިހެނަކުންނޭ، ބޮޑުތަކުރުފާނު ކަންކުރެއްވީ މިވެނި ގޮތަކަށޭ ވިދާޅުވެ އޮޅުވާލައްވަން ނަހައްދަވާށެވެ.
ބޮޑުތަކުރުފާނު މިއަދު ދުނިޔޭގައި ހުންނެނެވި ނަމަ މިއަދުގެ ސަރުކާރާއިމެދު ޢަމަދުކުރައްވާނީ ޕޯޗްގީޒުން ޢަމަލުކުރެއްވެވި ގޮތަށެވެ. އަދި ހޮޅީން ޙަސަން ތާޖުއްދީނުގެ ދެދަރިންނާއިމެދު ޢަމަލުކުރި ގޮތަށެވެ.